Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:28 - ކިތާބުލް މުޤައްދަސާ

28 އެ މަރުކަޒުގައި ވީ އެންމެން މި ވާހަކަތަކުގެ އަޑުއިވި ވަރަށް ބޮޑަށް ރުޅިއައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:28
13 ပူးပေါင်းရင်းမြစ်များ  

އިރުމަތިން އައި ނަކަތްތެރިން ހެރޮދަށް އޮޅުވާލުމުން އޭނާ ނުހަނު ރުޅިއައެވެ. ވުމާއެކު، ބައިތުލަޙަމް އާއި އަދި މުޅި އެހިސާބުގެ ވަށައިގެންވާ ކައިރި ސަރަހައްދުތަކުގައި ތިބި ދެ އަހަރުގެ ހުރިހާ ކުޑަ ފިރިހެން ކުދިން ނޫނީ އެ އުމުރަށް ވުރެން ހަގު ފިރިހެން ކުދިން ގަތުލު ކުރުމަށް ހެރޮދު އޭނާގެ ލަޝްކަރުންނަށް އަމުރު ނެރުނެވެ. މި ގޮތަށް މިކަން ކުރަން އޭނާ ނިންމީ އެ ނަކަތްތެރިންގެ ފަރާތުން އޭނާއަށް އެނގިގެންވާ ކަންތައްތަކުގެ މައްޗަށް ބިނާކޮށެވެ.


ހަމަ އެފަދައިން ބަނީއިސްރާއީލުންގެ މެދުގައި ނަބީ އަލިޔަޝަޢުގެފާނު އުޅުއްވި އިރު، އެތައްބައިވަރު ޖުޒާމުބަލި ޖެހިފައި ވީ ބަޔަކު ބަނީއިސްރާއީލުގައި ވި. ނަމަވެސް އަލިޔަޝަޢުގެފާނު މެދުވެރިކޮށް އޭގެތެރެއިން އެއްވެސް މީހެއްގެ ޖުޒާމުބަލި ރަނގަޅުކޮށް މުޢުޖިޒާތެއް ނުދައްކަވާ. ނަމަވެސް ބަނީއިސްރާއީލުގެ ޤައުމެއް ކަމުގައި ނުހިމެނޭ ސޫރިޔާގައި އުޅުނު ނަޢުމާނު އޭ ކިޔުނު މީހެއްގެ ޖުޒާމުބަލި އަލިޔަޝަޢުގެފާނު މެދުވެރިކޮށް ރަނގަޅުކުރައްވާ އެކަލާނގެ މުޢުޖިޒާތެއް ދެއްކެވި.⁠“


އެމީހުން ރުޅިއައިސްގެން އީސާގެފާނާއި ދިމާލަށް އެއްޗިހި ކިޔާ ހަޅޭއްލެވިއެވެ. މިއަވަށަކީ ފަރުބަދަމަތީގެ އަވަށެކެވެ. ދެން މިބައިމީހުން އީސާގެފާނު ތިރިއަށް ވައްޓާލުމަށް ގަސްތުކޮށް އެއަވަށް އޮންނަ ފަރުބަދައިގެ ކޮޅަށް އެކަލޭގެފާނު ގެންދިޔައެވެ.


މިކަންތައް ވީ ގޮތް ފެނި ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ވަރަށް ބޮޑަށް ރުޅިއައެވެ. އަދި އީސާގެފާނާއި ދޭތެރޭ ކަންތައް ކުރާނެ ގޮތަކާއި މެދު ވިސްނާ މަޝްވަރާ ކުރަންފެށިއެވެ.


އީސާގެފާނުގެ މަންދޫބުންގެ މި ބަސްތައް އަޑު އިވުމުން ބަނީއިސްރާއީލުންގެ ބޮޑުން ރުޅިއައިސް ރަތްވެ އެ މަންދޫބުން މަރާލަން އުޅުނެވެ.


އިސްތިފާނުގެ މި ވާހަކަތައް އިވުމުން ބަނީއިސްރާއީލުގެ ވެރިން އޭނާ ދެކެ ރުޅިއައިސް ރަތްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ