Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:25 - ކިތާބުލް މުޤައްދަސާ

25 ބަނީއިސްރާއީލުންގެ މެދުގައި ނަބީ އިލްޔާސްގެފާނު އުޅުއްވި އިރު ތިން އަހަރާއި ހަމަސް ވަންދެން ވިއްސާރަ ނުވެހުމުގެ ސަބަބުން ބަނީއިސްރާއީލަށް ބޮޑުތަދަކާއި ކުރިމަތިވި. އެދުވަސްވަރު ބަނީއިސްރާއީލުގައި ފިރިމަރުވެ ހާލުގައި ޖެހިފައިވާ އެތައްއެތައް އަންހެނުންނެއް ވި.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:25
12 ပူးပေါင်းရင်းမြစ်များ  

އަހަރެންގެ ފައިސާއިން އަހަރެން ބޭނުން ގޮތަކަށް އަމަލު ކުރެވޭނޭ. އެބައިމީހުންނަށްޓަކާ އަހަރެން ދީލަތި ވީތީ ތިޔަބައިމީހުން ޙަސަދަވެރި ވީތަ؟⁠‘


އެވަގުތު މާތްރޫޙުފުޅުގެ ސަބަބުން އުފަލުން ފުރިފައިވާ ހާލުގައި އީސާގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑު ބައްޕާފުޅަށް ޙަމްދު ކުރަން. އުޑާއި ބިމުގެ ވެރި މާތްސާހިބާ! މިހުރިހާ ކަންތައްތައް ކިޔަވައިގެން ތިބި ބުއްދިވެރިންނަށް ވަންހަނާ ކުރައްވައި މި ކަންތައްތައް ތިޔަ ހާމަ ކުރެއްވީ އާދައިގެ މީހުންނަށް. ބައްޕާފުޅާ! ބައްޕާފުޅަށް ފުރިހަމަ އުފަލާއި ހިތްހަމަ ޖެހިލެއްވުން ލިއްބައިދެނީ މިފަދަ ކަންތައް ކަން އަޅުގަނޑަށް އެނގޭ.⁠“


އަލްމަސީޙާއި އަހަރެމެން ގުޅިފައިވަމުން އަހަރެމެންނަށް މާތްކަލާނގެ ވަނީ ތަރިކައެއް ދެއްވާފައެވެ. އެކަލާނގެ ވަނީ މާކުރީގައި ވެސް އަހަރެމެން އިޚްތިޔާރު ކުރައްވާފައެވެ. އެކަލާނގެ ހުރިހާ ކަމެއް ކުރައްވަނީ އެކަލާނގެ ރޭއްވެވުންފުޅާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަގުސަދުގެ ސިއްރު އަހަރެމެންނަށް ދައްކުވައި ދެއްވައިފިއެވެ. މިއީ އެކަލާނގެ އެދިވޮޑިގަންނަވާ ގޮތް ވެސް މެއެވެ. އަދި މި ކަންތައްތައް އެކަލާނގެ ރާއްވަވާފައި ވަނީ އަލްމަސީޙު މެދުވެރި ކުރައްވައެވެ.


އިލްޔާސްގެފާނާއި މެދުގައި ނިކަން ވިސްނައިބަލާށެވެ. އެކަލޭގެފާނަކީ ވެސް އަހަރެމެން ފަދަ އިންސާނެކެވެ. އެކަލޭގެފާނުގެ ޒަމާނުގައި ވާރޭ ނުވެއްސެވުމަށް އެދި އިޚުލާސްތެރިކަމާއެކު މާތްރަސްކަލާނގެ ކިބަފުޅަށް އެކަލޭގެފާނު ދުޢާފުޅު ކުރެއްވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ދުޢާފުޅު މާތްރަސްކަލާނގެ އިޖާބަ ކުރައްވައި ތިން އަހަރާއި ހަމަސްދުވަސް ވަންދެން އެ ރަށަށް ވާރޭ ނުވެއްސެވިއެވެ.


މި ދެ ހެކިވެރިން އެބައިމީހުން މާތްރަސްކަލާނގެ އެންގެވި ޣައިބުގެ ޚަބަރުފުޅު އިޢުލާން ކުރަމުން ގެންދާހިނދު އުޑު ބަންދުކޮށް ވާރޭ ވެހުނަ ނުދިނުމުގެ އަމުރުކުރުމުގެ ހުއްދަ އެމީހުންނަށް ލިބިގެން ވެއެވެ. އަދި އެމީހުން ބޭނުން ކޮންމެ އިރަކު ފެން ލެއަށް ބަދަލުކުރުމުގެ ބާރާއި ދުނިޔެއަށް އެކި އެކި މުސީބާތްތައް ކުރިމަތި ކުރުވުމުގެ ބާރު ވެސް އެބައިމީހުންނަށް ލިބިގެން ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ