Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:21 - ކިތާބުލް މުޤައްދަސާ

21 ދެން އެކަލޭގެފާނު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ”⁠ހަމަ މިއަދު ކަލޭމެން މިބަސްފުޅުތަކުގެ އަޑު އަހަމުން ތިޔަ ގެންދާހިނދު މި ބަސްފުޅުތަކުގައި ބަޔާންކުރެވިގެން ވީ ކަންތައްތައް ފުރިހަމަވެއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:21
9 ပူးပေါင်းရင်းမြစ်များ  

ވީމާ ނަބީ ޔަޝަޔާޙުގެފާނު ވިދާޅުވި ފަދައިން މާތްރަސްކަލާނގެ ބަސްފުޅު ތެދުވެގެން ހިނގައްޖެ. ބަޔާންވެގެންވޭ: ’⁠އަހަރެންގެ ބަސްތަކުގެ އަޑު ތިޔަބައިމީހުންނަށް އިވޭނެ އޭ. އެކަމަކު ތިޔަބައިމީހުންނަށް އެ ބަސްތަކުގެ މާނައެއް ނުވިސްނޭނޭ. ތިޔަބައިމީހުންނަށް އަހަރެންގެ އަމަލުތައް ފެނިގެން ވިޔަސް އެކަމުގެ މާނަ ތިޔަބައިމީހުންނަށް އެނގިގެންނުވެޔޭ.


ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ. އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ.


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


ކަލޭމެން މާތްރަސްކަލާނގެ މުޤައްދަސް ފަތްފުށްތައް ކިޔަވާ އެފޮތްތައް ދަސްކޮށް ހަދާ! ކަލޭމެން އެފޮތްތައް ކިޔަވަނީ ނިމުންނުވާ ޙަޔާތް ލިބިގަތުމަށް އެދި. އެކަމަކު އެފޮތްތަކުގައި ލިޔެވިގެން ވަނީ ހަމަ އަހަރެންނާ ބޭހޭގޮތުން.


މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާ އަލްމަސީޙު އަށް އަނިޔާ އާއި ވޭން ލިބިވަޑައިގެން އަވަހާރަ ވާނެ ކަން އެކަލާނގެ ވަނީ ހުރިހާ ރަސޫލުންނާއި ނަބީބޭކަލުން މެދުވެރިކޮށް މާކުރިންސުރެ ވެސް އަންގަވާފަ. މިހާރު މި ކަންތައްތައް ވެ އެ ދިޔައީ އެކަލާނގެ އަންގަވައިފައިވީ ގޮތުގެ މަތިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ