Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:20 - ކިތާބުލް މުޤައްދަސާ

20 ދެން އެކަލޭގެފާނު ފޮތްކޮޅު ލައްޕަވާލައްވާ އެތާގެ އެހީތެރިޔާ އަތަށް ދެއްވުމަށް ފަހު އިށީނދެ ވަޑައިގެންނެވިއެވެ. އެމަރުކަޒުގެ ތެރޭގައި ވާ އެންމެންމެ ތިބީ އެކަލޭގެފާނު ވިދާޅުވާނެ ބަސްފުޅެއް ކަނުލާ އަޑުއެހުމަށް ތައްޔާރަށެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:20
13 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އެއްވެފައި ތިބި މީސްތަކުންނަށް އީސާގެފާނު ވިދާޅުވިއެވެ. ”⁠ތިޔަބައިމީހުން ކަނޑިތަކާއި މުގުރުބުރިތައް ހިފައިގެން މިތަނަށް ތިޔަ އައީ ނުރައްކާތެރި ޖިނާޢީ ކުށްވެރިޔެއްގެ ގޮތުގައި ބަލައި އަހަރެން ހައްޔަރު ކުރުމަށްތަ؟ ބައިތުލް މަޤްދިސްގެތެރޭގައި އަހަރެން ވީހިނދު ތިޔަބައިމީހުން އަހަރެން ހައްޔަރު ނުކުރީ ކީއްވެ؟ އެތަނުގައި ކޮންމެ ދުވަހަކު އަހަރެން އުނގަންނައިދެމުން ގެންދިޔައީމު.


އެއަށް ފަހު އޭނާ އީސާގެފާނުގެ ހަށިކޮޅު ފަރުބަދަ ކަނޑައިގެން ހަދާފައިވާ އޭނާގެ އަމިއްލަ އާ މަގުބަރާގެ ތެރޭގައި ވެޑުވިއެވެ. ދެން އޭނާ އެ މަގުބަރާގެ ދޮރުމަތީގައި ބޮޑު ހިލައެއް ބާއްވާފައި ހިނގައްޖެއެވެ.


ނަމަވެސް އެމީހުންނަށް އެކަން ކުރެވޭނެ އެއްވެސް ގޮތެއް ނުވިސްނުނެވެ. އެއީ މީސްތަކުން އެކަލޭގެފާނު ކިޔަވާ ދެއްވަމުން ގެންދެވި ބަސްފުޅުތައް އަޑުއަހާ އެބަސްފުޅުތައް ގަބޫލުކޮށް އެއަށް ފަރުވާ ބަހައްޓާލެއް ބޮޑު ކަމުންނެވެ.


އެދުވަހު އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ޖެހިވަޑައިގަތް ފޮތްކޮޅަކީ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެންގެވި ވަޙީގެބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅެވެ. އެކަލޭގެފާނު ކިޔަވާވިދާޅުވީ އެފޮތްކޮޅުގައި ލިޔެވިގެންވާ މި ބަސްފުޅުތަކެވެ.


ދެން އެކަލޭގެފާނު މިފަދައިން ވިދާޅުވެ ވާހަކަ ދައްކަވަން ފެއްޓެވިއެވެ. ”⁠ހަމަ މިއަދު ކަލޭމެން މިބަސްފުޅުތަކުގެ އަޑު އަހަމުން ތިޔަ ގެންދާހިނދު މި ބަސްފުޅުތަކުގައި ބަޔާންކުރެވިގެން ވީ ކަންތައްތައް ފުރިހަމަވެއްޖެ.⁠“


އެކަލޭގެފާނު ވަޑައިގެން އެތަނުން އެއް ދޯންޏަށް އަރައިވަޑައިގެންނެވިއެވެ. އެއީ އެމީހުންގެ ތެރެއިން ޝަމްއޫނުއޭ ނަމަކަށް ކިޔުނު މީހާގެ ދޯންޏެވެ. އީސާގެފާނު ޝަމްއޫނުގެ ކިބައިން ދޯނި އެއްގަމާއި ތަންކޮޅެއް ދުރަށް ގެންގޮސް ދިނުމަށް އެދިވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު މީސްތަކުންނަށް މާތްރަސްކަލާނގެ ބަސްފުޅުތައް އަންގަވައި ދެއްވަމުން ގެންދެވީ އެދޯނީގައި ހުންނަވައިގެންނެވެ.


އަނެއްދުވަހުގެ ފަތިހު އެކަލޭގެފާނު އަނެއްކާވެސް ބައިތުލް މަޤްދިސްއަށް ވަޑައިގެންފިއެވެ. އެވަގުތު އެތައް ބައިވަރު ބަޔަކު އެކަލޭގެފާނުގެ އަރިހަށް އަތުވެއްޖެއެވެ. ދެން އީސާގެފާނު އެތާނ އިށީނދެވަޑައިގެން އެމީސްތަކުންނަށް ކިޔަވައިދެއްވަން ފެއްޓެވިއެވެ.


ޖެހިގެން އައި ސަބަތުގެ ދުވަހު އަހަރެމެން އެ ރަށުގެ ބޮޑު ދޮރާށިން ނުކުމެގެން ކޯރުގެ އައްސޭރިއަށް ދިޔައީމެވެ. އެއީ އެ ރަށުގައި އުޅޭ ބަނީއިސްރާއީލު މީހުން ދުޢާ ކުރުމަށް އަންނާނެ ތަނަކީ އެތަން ހެން އަހަރެމެންނަށް ހީވާތީއެވެ. އަހަރެމެން އެތާ އިށީނދެ އެތަނަށް އެއްވެފައިވާ އަންހެނުންގެ ބަޔަކާ ވާހަކަ ދެއްކީމެވެ.


ޕަތަރަސްއަށް މީހުންތައް އެތަނަށް އެއްވެފައިވާ ތަން ފެނުމުން އެމީހުންނާއި މުޚާޠަބުކޮށް ބުންޏެވެ. ”⁠އެކުވެރިންނޭ، މިތަންދެކެ ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ އަޖައިބުވެ ހައިރާންވީ ކީއްވެ؟ ކަލޭމެން އަހަރެމެންނާއި ދިމާއަށް ތިބާލާ ގޮތުން ހީވަނީ މިކަންތައްތައް މިވީ އަހަރެމެންގެ މޮޅުކަމުން ނުވަތަ އަހަރެމެންގެ ރަނގަޅުކަމުން ހެން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ