Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:2 - ކިތާބުލް މުޤައްދަސާ

2 އީސާގެފާނު މީހުން ނޫޅޭ ހިސާބު ތެރޭގައި ސާޅީސް ދުވަސް ހޭދަކުރެއްވިއެވެ. އެކަލޭގެފާނު މީހުން ނޫޅޭ ހިސާބުގެ ތެރޭގައި ވަނިކޮށް އިބިލީސް ސާޅީސް ދުވަސް ވަންދެން އެކަލޭގެފާނުގެ ފަރާތުން ފާފައެއް ކުރުވޭތޯ މަސައްކަތް ކުރިއެވެ. މި ހުރިހާ ދުވަހެއްގައި ވެސް އީސާގެފާނު ހޭދަ ކުރެއްވީ އެއްވެސް އެއްޗެއް ފަރިންނުކުޅުއްވައެވެ. މިކަމުގެ ސަބަބުން އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ހާންތިފުޅު ވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:2
16 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ދެން މޫސާގެފާނު ވިލާގަނޑުގެ ތެރޭން އެ ކުންނަށް އަރާ ވަޑައިގެންފިއެވެ. އެކަލޭގެފާނު އެފަރުބަދަ މަތީގައި ސާޅީސް ދުވަހާއި ސާޅީސް ރޭ ހޭދަ ކުރެއްވިއެވެ.


މޫސާގެފާނު މާތްރަސްކަލާނގެ ޙަޟްރަތުގައި އެ ފަރުބަދަމަތީ ސާޅީސްރޭ ސާޅީސް ދުވަސް ވަންދެން ހުންނެވިއެވެ. އެހުރިހާ ދުވަހު އެކަލޭގެފާނު އެއްޗެއް ފަރީއްކުޅުއްވައި ފެންފޮދު ހިއްޕަވައެއް ނަހައްދަވައެވެ. އެކަލޭގެފާނު އެ ހިލަކޮޅުތަކުގައި ޢަހުދުނާމާގެ އެއްބަސްވުން ލިޔުއްވިއެވެ. އެއީ ދިހަ އަމުރުފުޅެވެ.


ދެން ކޮއިލުތެރޭން ރަސްގެފާނާއި ބޮޑުން މި ފަދައިން އަމުރު މަޢުރޫފު ނެރުއްވައިފިއެވެ. ”⁠އެއް ވެސް މީހަކު އަދި އެއްވެސް ގެރިބަކަރި ޖަނަވާރަކުވިޔަސް މިއަދުން ފެށިގެން ކައިބޮއި ހަދައިގެން ނުވާނެއެވެ.


އަނެއް ދުވަހުގެ ހެނދުނު އީސާގެފާނު ޖެރޫސަލަމަށް ވަޑައިގެންނެވި ހިނދު އެކަލޭގެފާނު ވަނީ ބަނޑުހައިފުޅު ވެފައެވެ.


އީސާގެފާނު ސާޅީސް ދުވަހާއި ސާޅީސް ރޭ އެއްވެސް އެއްޗެއް ފަރީއްކުޅުވުމެއް ނެތި ރޯދައަށް ހުންނެވިއެވެ. އެހިނދު އެކަލޭގެފާނު ވަނީ ވަރަށް ބޮޑަށް ބަނޑުހައިގެންފައެވެ.


އިބިލީސް އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލޭގެފާނީ މާތްރަސްކަލާނގެ ދަރިކަލުންނެއްނު. ވީއިރު މިހިލަތަކަށް ރޮއްޓަށް ބަދަލުވުމަށް އަމުރު ކުރައްވާ. އޭރުން އެހިލަތައް ރޮއްޓަށް ވާނެއެއްނު.⁠“


ޔަޢުޤޫބުގެފާނު ބެހެއްޓެވި ވަޅު ވެސް އެތާނގައިވިއެވެ. އީސާގެފާނު ދަތުރު ވަރުބަލިފުޅު ވެފައި ހުންނެވުމުގެ ސަބަބުން އެ ވަޅުގެ ކައިރީގައި އިށީނދެ ވަޑައިގެންނެވިއެވެ. އޭރު ގަޑިން ގާތްގަނޑަކަށް މެންދުރު ބާރަ ޖަހާފާނެއެވެ.


މިހެންވުމުން އެކަލޭގެފާނަށް، ވަސްވާސްތަކުގެ ދަށުވެފައި މިހާރު ތިބި މީހުންނަށް އެހީފުޅުވެ ވަޑައިގެންނެވޭނެއެވެ. އެހެނީ ޚުދު އެކަލޭގެފާނު ވެސް ވަނީ ވަސްވާސްތަކަށް ހުށަހެޅި، އެކަމުގެ ވޭން އުފުއްލަވަން ޖެހިވަޑައިގެންފައެވެ.


އެ އުއްތަމަ އިމާމު އަހަރެމެންގެ ބަލިފައި ދެނެވަޑައިގަންނަވަ އެވެ. އެހެނީ އަހަރެމެންނާ ކުރިމަތިވި ހުރިހާ އިމްތިހާނެއް އެކަލޭގެފާނާ ވެސް ވަނީ ކުރިމަތިވެފައެވެ. ވިޔަސް އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ.


ކޮންމެ ދުވަހެއްގެ ހެނދުނާ ހަވީރު ފިލިސްޠީނުންގެ ފަރާތުން ޖުލިޔާތު ނުކުމެ އެހުރި ފަދައިން އޭނާއާ މުގާބިލާ ކުރާނެ ފަހުލަވާނަކު ނެރެ ދިނުމަށް ގޮވަމުން ދިޔައެވެ. މިހެން ކިޔައި ސާޅީސް ދުވަސް ވަންދެން އިސްރާއީލީންނަށް އޭނާ ޖެއްސުން ކުރަމުން ދިޔައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ