Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:18 - ކިތާބުލް މުޤައްދަސާ

18 ”⁠އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:18
56 ပူးပေါင်းရင်းမြစ်များ  

ކަލެއާއި އަންހެނާއާއި ދެމެދު އެކަކު އަނެކަކަށް ތިމަންކަލާނގެ ނަފްރަތުކަން ލައްވާނަން. އަދި އޭނާގެ ދަރިންނާއި ކަލޭގެ ދަރިންނާއި ދެމެދުގައި ވެސް ނަފްރަތުކަން ދެމިހުންނާނެ. އަންހެނާގެ ދަރި ކަލޭގެ ބޯ ޗިސްކޮށްލާނެ، އަދި ކަލޭ އެދަރީގެ ފުންނާބުގައި ދަތް އަޅާނެ.⁠“


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


”⁠ތިމަންކަލާނގެ ޚިޔާރުކުރެއްވި ޚާދިމު މިހިރީ އެވެ. އެކަލޭގެފާނުދެކެ ތިމަންކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވަމެވެ. ތިމަންކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ފޮނުއްވާނަމެވެ. އަދި ތިމަންކަލާނގެ އިންސާފުވެރިކަން ޤައުމުތަކަށް އެކަލޭގެފާނު އަންގަވާދެއްވާނެ.


އެކަލޭގެފާނު ނިކަމެތިންގެ ހިތުގައިއެއް ނުޖައްސަވާނެއެވެ. ބަލިކަށި ހޯލިކޮޅެއް ފަދަ މީހުންނާއި މެދު އެކަލޭގެފާނު މަޑުމޮޅިވެގެންވާނެއެވެ. އަލިފާން ކަންޏެއް ހާ މިންވަރުގެ އީމާންތެރިކަން ވީ މީހަކަށް ވެސް އެކަލޭގެފާނު ހިތްވަރު ދެއްވާނެއެވެ. އެކަލޭގެފާނު ކާމިޔާބު ކުރައްވައި އިންސާފު ގެނައުމަށް ދާންދެން އެކަލޭގެފާނު އެފަދައިން ކަންތައް ކުރައްވާނެއެވެ.


އެތަނުގައި އަނދިރީގައި ދިރިއުޅެމުންދާ މީހުންނަށް ގަދަފަދަ އަލިކަމެއް ފެނިއްޖެއޭ! މަރުގެ ހިޔަނީގެ ތެރޭގައި ތިބި މީހުންގެ މައްޗަށް އަލިނޫރު ދިއްލިއްޖެއޭ!


”⁠މާތްރަސްކަލާނގެ ބަރަކާތް ހުރީ ރޫޙާނީ ގޮތުން ފަގީރު މީހުންނަށް. އެހެނީ އެފަދަ މީހުން އެކަލާނގެ ރަސްކަންފުޅުގައި ހިމެނިގެންދާނެ.


އެދުވަހު އެކަލޭގެފާނަށް ކިޔަވާ ވިދާޅުވުމަށް ޖެހިވަޑައިގަތް ފޮތްކޮޅަކީ ނަބީބޭކަލެއް ކަމުގައިވާ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ އެންގެވި ވަޙީގެބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅެވެ. އެކަލޭގެފާނު ކިޔަވާވިދާޅުވީ އެފޮތްކޮޅުގައި ލިޔެވިގެންވާ މި ބަސްފުޅުތަކެވެ.


އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ބައްލަވާ ވިދާޅުވިއެވެ. ”⁠ކަލޭމެންގެ ތެރެއިން ފަގީރުންނަށް ބަރަކާތް ހުރި. މާތްރަސްކަލާނގެ ރަސްކަންފުޅު ވަނީ ކަލޭމެންނަށް.


އީސާގެފާނާއި އެސުވާލު ކުރަން އައި މީހުންނަށް އެކަލޭގެފާނު ޖަވާބުގައި މިފަދައިން ވިދާޅުވިއެވެ. ”⁠ކަލޭމެން ގޮސް ޔަޙުޔާގެފާނަށް ކަލޭމެންނަށް ތިޔަފެނުނު ކަންތަކާއި އަޑުއިވުނު ވާހަކަތަކުގެ ޚަބަރު ދީ. ލޯއަނދިރި މީހުންނަށް ލޮލުގެ އަލިކަން ލިބި، ނުހިނގޭ މީހުންނަށް ހިނގި، ޖުޒާމުބަލި ޖެހިފައިވާ މީހުންނަށް ފަސޭހަވެ، ބީރު މީހުންނަށް އަޑުއިވި، މަރުވެފައިވާ މީހުން ދިރުއްވާ، ނިކަމެތިންނަށް ހެޔޮޚަބަރު ދެވިއްޖެ.


އަންދުރާއި އެތަނުން އެނބުރި ގޮސް ފުރަތަމައިން ވެސް ދިޔައީ އޭނާގެ ބޭބެ ޝަމްއޫނު ހޯދުމަށެވެ. އޭނާ ފެނުމުން އަންދުރާއި ބުންޏެވެ. ”⁠އަހަރެމެންނަށް މާތްރަސްކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙު ފެނިއްޖެ.⁠“ ގުރީކު ބަހުން އަލްމަސީޙަށް ކިޔެނީ ކުރިސްޓޮސް އެވެ.


އަހަރެން މިއީ ދުނިޔެއަށް ފޮނުއްވުނު އަލިކަން. އަހަރެން ގަބޫލު ކޮށް އީމާންވެއްޖެ އެއްވެސް މީހަކު އަނދިރިކަމުގެ ތެރެއަކު ނުވާނެ.


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


މާތްރަސްކަލާނގެ ނާޒަރަތުގެ އީސާގެފާނަށް މާތްރޫޙުފުޅު ދެއްވާ ބާރުދެއްވިއޭ. އެކަލޭގެފާނު މީސްތަކުންނަށް ހެޔޮކަންތަކާއި އޯގާތެރި ކަންތައް ކޮށްދެއްވަމުން އަދި ޝައިތާނާގެ ބާރުގެ ދަށުގައި ވެފައި ވީ މީސްތަކުން ސަލާމަތް ކުރައްވަމުން ވަޑައިގެންނެވި އިރު މާތްރަސްކަލާނގެ އެކަލޭގެފާނާއި އެކުގައި ވިއޭ.


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


ދުނިޔޭގެ ރަސްރަސްކަލުން ހަނގުރާމަތަކަށް ތައްޔާރުވެއޭ. އަދި ދުނިޔޭގެ ވެރިން އެކުވެ މަތިވެރި ސާހިބާ އާއި އެކަލާނގެ ޚާއްސަކުރައްވާ ފޮނުއްވި އަލްމަސީޙާއި ދެކޮޅަށް ކަންތައްތައް ރާވައޭ.⁠‘


އެތައް ޒަމާނެއްގެ ކުރިން މާތްރަސްކަލާނގެ އެންގެވި މި ބަސްފުޅުތަކާއި އެއްފަދައިން މިތާ ޖެރޫސަލަމުގައި ވެސް ކަންތައްތައް ވެއްޖެ. އެއީ ހެރޮދު ރަސްގެފާނާއި ގަވަރުނަރު ޕޮންތިޔުސް ޕިލާތުސް އާއި އީމާން ނުވާ މީހުންނާއި ބަނީއިސްރާއީލު މީހުންނާއި އެކުވެ، މާތްރަސްކަލާނގެ ޚާއްސަ ކުރެއްވި އަލްމަސީޙު، އިނބަރަސްކަލާނގެ މާތް ޚާދިމު، އީސާގެފާނާއި ދެކޮޅު ހެދި.


ޝައިތާނާގެ އަނދިރި ބާރުތަކުން އަހަރެމެން ސަލާމަތްކޮށް ދެއްވައި އެކަލާނގެ ލޮބުވެތި ދަރިކަލުންގެ ރަސްކަންފުޅަށް އެކަލާނގެ އަހަރެމެން ގެނެސްދެއްވިއެވެ.


އަހަރެންގެ ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ ކަނުލައި އަޑުއަހާށެވެ! އީމާންތެރިކަމުގައި މުއްސަނދި ކުރުވުމަށް މާތްރަސްކަލާނގެ ޚިޔާރު ކުރެއްވީ މިދުނިޔެއިން ނިކަމެތި ފަގީރުންނެވެ. އަދި އެކަލާނގެ ލޯބިވެވޮޑިގަންނަވާ ފަރާތްތަކަށް އެކަލާނގެ ރަސްކަންފުޅުން ލިބިދޭ ޙައްޤާއިމެދު އެބައިމީހުންނަށް ވެސް ޙިއްސާ ކުރެވޭނެ ކަމުގެ ވަޢުދުވެވޮޑިގެންނެވިއެވެ.


ނަމަވެސް ތިޔަބައިމީހުންނީ އެފަދަ ބައެއްނޫނެވެ. ތިޔަބައިމީހުންނީ ޚިޔާރު ކުރެވިގެންވާ ބައެކެވެ. ޝާހީ އިމާމުވަންތަ ކަމުގައިވާ ބައެކެވެ. އަދި މަތިވެރިކުރެއްވި ޤައުމެކެވެ. މާތްރަސްކަލާނގެއަށް މިލްކުވެގެންވާ ބައެއްމެއެވެ. ތިޔަބައިމީހުން އެކަލާނގެ ޚިޔާރު ކުރެއްވީ އެކަލާނގެ ހެޔޮފުޅުވަންތަކަން މީސްތަކުންނަށް ދެއްކުމަށެވެ. އެއީ ތިޔަބައިމީހުން އަނދިރިކަމުގެ ތެރެއިން ޙައިރާންކުރުވަނިވި އަލިކަމެއްގެ ތެރެއަށް ގެނެސްދެއްވި ކަމުގެ ޚަބަރެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ