Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:15 - ކިތާބުލް މުޤައްދަސާ

15 ބަނީއިސްރާއީލުގެ ދަންނަބޭކަލުން ކިޔަވައިދެއްވުމަށް ހަދާފައިވާ ދީނީ މަރުކަޒުތަކުގައި އެކަލޭގެފާނު މާތްރަސްކަލާނގެ އަންގަވާފައިވާ އެންގެވުންތަކާއި ބެހޭގޮތުން އުނގަންނައި ދެއްވާ ހެއްދެވިއެވެ. އަދި އެންމެހައި މީސްތަކުން އެކަލޭގެފާނަށް ތާރީފުކޮށް އުޅުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:15
10 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


އީސާގެފާނު އެ ސަރަހައްދުގައި ހުރި ސަހަރުތަކަށާއި އަވަށްތަކަށް ދަތުރު ކުރެއްވިއެވެ. އެކަލޭގެފާނު މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ހެޔޮޚަބަރުފުޅުން ދީނީ މަރުކަޒުތަކުގައި ވަޢުޡު ވިދާޅުވެ، އުންގަންނަވައި ދެއްވަމުން ގެންދެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


މީސްތަކުންނަށް މިތަން ފެނި އެބައިމީހުން ނުހަނު އަޖައިބުވިއެވެ. އަދި އިންސާނަކަށް މިފަދަ މަތިވެރި ބާރެއް ދެއްވި ކަމަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އެ ހުރިހާ އެންމެން ޙަމްދު ކުރިއެވެ.


އެތަނުގައި ތިބި އެންމެހާ މީސްތަކުން މިކަމާއި ޙައިރާންވެ އެކަކު އަނެކަކަށް ބުނަމުން ދިޔައެވެ. ”⁠މިއީ ކޮންފަދަ ކަމެއް؟ މިއީ ބާރުވެރިކަމެއް ލިބިހުރެ އުނގަންނައިދޭ އާ އުނގަންނައި ދިނުމެއްތަ؟ މި ކަލޭގެފާނަށް ނުބައި ރޫޙުތަކަށް އަމުރު ކުރުމުގެ ބާރު ލިބިގެންވޭ، އަދި އެތަކެތި މި ކަލޭގެފާނަށް ކިޔަމަންތެރިވޭ!⁠“


އެގޮތުން އެކަލޭގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި ވަޢުޡު އިއްވައި ދެއްވާ ޖިންނީގެ އުނދަގޫ ކުރިމަތިވެފައިވީ މީސްތަކުން ރަނގަޅު ކުރައްވަމުން ގެންދެވިއެވެ.


ނަމަވެސް އެ ފިރިހެނާ ދިޔަ ގޮތަށް މި ޚަބަރު ހުރިހާ ހިސާބެއްގައި ފެތުރިއެވެ. މިހެން ވުމުގެ ސަބަބުން މީސްތަކުން އެކަލޭގެފާނުގެ ގާތަށް އަންނަ ވަރު ގިނަކަމުން އީސާގެފާނަށް ފާޅުގައި އަވަށްތަކަށް ވެދެވަޑައިގެންނެވޭ ވަރެއް ވެސް ނުވިއެވެ. އެހެންވެ އެކަލޭގެފާނަށް އުޅުއްވަން ޖެހިވަޑައިގަތީ އެކަހެރި ހިސާބުތަކުގައެވެ. އެވަރުން ވެސް މީހުން އެކި ހިސާބުތަކުން އެކަލޭގެފާނުގެ އަރިހަށް އަންނަމުން ދިޔައެވެ.


ބަނީއިސްރާއީލު މީހުން އަޅުކަން ކުރުމުގެ ޚާއްސަ ދުވަސް ކަމުގައިވާ ސަބަތުގެ ދުވަހެއްގައި އެބައިމީހުން އަޅުކަން ކުރުމަށް އެއްވެ ތިބި ދީނީ މަރުކަޒެއްގެ ތެރޭގައި އީސާގެފާނު މީސްތަކުންނަށް ކިޔަވައި ދެއްވުމަށް އިންނެވިއެވެ.


އީސާގެފާނު އެނބުރި އެކަލޭގެފާނު އުޅެ ބޮޑުފުޅުވި އަމިއްލަފުޅު ރަށް ކަމަށްވާ ނާޒަރަތަށް ވަޑައިގެންނެވިއެވެ. ދެން އެކަލޭގެފާނު އާދަވެވަޑައިގެން ކަންކުރައްވާ ފަދައިން ސަބަތުގެ ދުވަހުގައި ބަނީއިސްރާއީލު މީހުންގެ ދީނީ މަރުކަޒަކަށް ވަޑައިގެންނެވިއެވެ. އެތާނގައި އެކަލޭގެފާނު މާތްރަސްކަލާނގެ ބާވައިލެއްވި ބަސްފުޅު ކިޔަވާ ވިދާޅުވުމަށްޓަކައި ތެދުވެ ވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ