Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 4:14 - ކިތާބުލް މުޤައްދަސާ

14 އީސާގެފާނު މާތްރޫޙުފުޅުގެ ބާރާއި އެކީގައި ގަލީލީއަށް އެނބުރި ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނާއި ބެހޭ ޚަބަރުތައް އެސަރަހައްދުގެ ތެރޭގައި ފެތުރުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 4:14
10 ပူးပေါင်းရင်းမြစ်များ  

ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެވުނު ޚަބަރު އީސާގެފާނަށް ލިބިވަޑައިގެންނެވުމުން އެކަލޭގެފާނު ގަލީލީއަށް އެނބުރިވަޑައިގެންނެވިއެވެ.


މި ޚަބަރު އެސަރަހައްދުގެ ވަށައިގެންވާ ހުރިހާ ހިސާބުތަކަށް ފެތުރިގެން ދިޔައެވެ.


ނަމަވެސް އެބައިމީހުން އެތަނުން ގޮސް އީސާގެފާނު މި ކޮށްދެއްވި ކަންތަކުގެ ޚަބަރު މުޅި އެ ސަރަހައްދުގެ ތެރެއަށް ފަތުރައިލިއެވެ.


ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެއްވުމަށް ފަހު އީސާގެފާނު މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ގަލީލީގައި އަންގަވައި ދެއްވަމުން ގެންދެވިއެވެ.


އަދި އިސާހިތަކު އީސާގެފާނާއި ބެހޭ ޚަބަރު އަވަސް ކަމާއެކު ގަލީލީގެ ސަރަހައްދުގައި ފެތުރެމުން ދިޔައެވެ.


އީސާގެފާނުގެ ކިބައިން ފާފައެއް ކުރުވުމަށް އިބިލީސް މިހުރިހާ ގޮތްގޮތުން މަސައްކަތް ކޮށް ވެސް ކާމިޔާބު ނުވުމުން އެވަގުތަށް އެކަލޭގެފާނު ދޫކޮށް ހިނގައްޖެއެވެ.


މިހުރިހާ ކަމެއްގެ ސަބަބުން އެ އަވަށުގެ ވަށައިގެންވާ ހިސާބުތަކުގެ ހުރިހާ ރަށަކަށް އެކަލޭގެފާނާއި ބެހޭ ޚަބަރު ފެތުރުނެވެ.


ދެދުވަހަކު އެރަށުގައި ހުންނެވުމަށް ފަހު އީސާގެފާނު ދަތުރުކުރައްވައި ވަޑައިގެންނެވީ ގަލީލީއަށެވެ.


ގަލީލީއިން ފެށިގެން ގޮސް މުޅި ޖުދެއާކަރަ ތެރޭގައި ކަންތައް ހިނގި ގޮތުގެ ވާހަކަ ކަލޭމެން ވެސް ވާނީ އަހާފަކަން ޔަޤީނޭ. މި ކަންތައްތައް ފެށުނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވައިލެއްވި ގޮވައިލެއްވުމުން ފެށިގެންނޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ