ލޫކާސް 4:1 - ކިތާބުލް މުޤައްދަސާ1 މާތްރޫޙުފުޅު އީސާގެފާނަށް އެންގެވީ އުރުދުން ކޯރު ދޫކުރެއްވުމަށް ފަހު މީހުން ނޫޅޭ ހިސާބުގެ ތެރެއަށް ވަޑައިގަތުމަށެވެ. އެކަލޭގެފާނު ވަނީ މާތްރޫޙުފުޅުން ފުރިފައެވެ. အခန်းကိုကြည့်ပါ။ |
މާތްރޫޙުފުޅު އޭނާއަށް އެންގެވުމުން އޭނާ ބައިތުލް މަޤްދިސްގެ ހަރަމްފުޅުގެ ގޯތިތެރެއަށް ދިޔައެވެ. އެވަގުތަކީ އީސާގެފާނުގެ މައިންބަފައިން މާތްރަސްކަލާނގެ ކުރައްވާފައިވާ އަމުރުފުޅުތަކާއި އެއްގޮތަށް ކަންތައްތައް ކުރުމުގެ ގޮތުން އެކަލާނގެ ކިބަފުޅަށް ހުށައެޅުމަށްޓަކައި އީސާގެފާނު ބައިތުލް މަޤްދިސްއަށް ގެންދެވި ވަގުތެވެ.
އެކަލޭގެފާނު އުރުދުން ކޯރުގެ މުޅި ހިސާބުގައި ވަށައިގެންވާ ހުރިހާ ރަށްރަށަށް ވަޑައިގެން އެންމެންނަށް މި ވަޙީގެ ބަސްފުޅު ފާޅުކޮށް އިއްވެވިއެވެ. ފާފަތަކުން ދުރުވެ ތައުބާ ވެއްޖެކަން ހާމަ ކުރުމަށްޓަކައި ތައުބާގެ ހިނެވުމުން ހިނައިގަތުމަށް މީސްތަކުންނަށް އެކަލޭގެފާނު ގޮވާލެއްވިއެވެ. އޭރުން މާތްރަސްކަލާނގެ މީސްތަކުންގެ ފާފަތައް ފުއްސަވާނެކަމަށް ވެސް އެކަލޭގެފާނު ވިދާޅުވަމުން ގެންދިޔައެވެ.
”އަހަރެން މި ވަނީ މާތްރަސްކަލާނގެ ރޫޙުފުޅުގެ ބާރުގެ ދަށުގައެވެ. މާތްރަސްކަލާނގެ އަހަރެން ޚާއްސަ ކުރައްވާ ފޮނުއްވީ ފަގީރުންނަށް ހެޔޮޚަބަރުފުޅު ދިނުމަށްޓަކައެވެ. އެކަލާނގެ އަހަރެން ފޮނުއްވީ ހައްޔަރުވެފައިވާ މީހުންނަށް މިނިވަންކަން ދީ ނުފެންނަ މީހުންނަށް ލޮލުގެ އަލިކަން ދީ އަދި އަނިޔާވެރި ކަމުގެ ދަށުގައި ވާ މީހުން ސަލާމަތްކޮށް