Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 3:8 - ކިތާބުލް މުޤައްދަސާ

8-9 އެގަހަކުން މޭވާއެއް ނުލިބޭ ކޮންމެ ގަހެއް މުލާ އެކު ކަނޑާ ދަރުގެ ގޮތުގައި އަންދާ ލެވޭނެ. ފައިދާ ނުލިބޭ ގަސްތައް ކަނޑާ ދުވަސް މިހާރު މިއޮތީ އައިސް ޖެހިފަ. ވީމާ ތައުބާވޭ. އަދި ކަލޭމެންގެ އަމަލުތަކުން ކަލޭމެން ތައުބާވެއްޖެ ކަން ހާމަކޮށްދީ. ކަލޭމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނަށް ވީތީ މާތްރަސްކަލާނގެ ކޯފާއިން ސަލާމަތް ވާނެ ކަމަށް ހީނުކުރާތި. މާތްރަސްކަލާނގެ އެދިވޮޑިގެންފި ނަމަ މިހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން އުފެއްދެވުމުގެ ކުޅަދުންވަންތަކަން އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 3:8
29 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އިތުރަށް ވިދާޅުވިއެވެ. ”⁠ވީމާ ތިޔަބައިމީހުންގެ ކިބައިން މާތްރަސްކަލާނގެ ރަސްކަންފުޅު ނަގާ އެކަލާނގެ އެދިވޮޑިގަންނަވާ ފަދައިން އަމަލުކުރާނޭ ބަޔަކަށް ދެއްވާނޭ ކަމުގައި ތިޔަބައިމީހުންގެ ކައިރީގައި އަހަރެން ބުނަން.


ކަލޭމެންގެ އަމަލުތަކުންނާއި، އަދި ދިރިއުޅުމުން ކަލޭމެން ތައުބާވެއްޖެކަން ސާބިތުކޮށްދީ!


ކަލޭމެން ތިމަންމެންގެ ބަފައިކަލުންނަކީ އިބްރާހީމްގެފާނުއޭ ހަމައެކަނި ބުނެލުމަކުން ނުފުދޭނެ. އަހަރެން ކަލޭމެންނަށް ބުނަން. މާތްރަސްކަލާނގެ އެދިވޮޑިގެންވާނަމަ މިހިރަ ހިލަތަކުން ވެސް އިބްރާހީމްގެފާނުގެ ދަރިފަސްކޮޅު އުފެއްދެވުމަށް އެކަލާނގެއަށް ކުޅަދުންވަންތަވެގެންވޭ.


ގޭގެ ވެރިޔާ ދޮރު ލެއްޕުމުން ކަލޭމެން ތިބެން ޖެހޭނީ ބޭރުގަ. އޭރުން ކަލޭމެން ދޮރުގައި ޓަކިދީ ގޮވާނެ. ’⁠ވެރިމީހާއޭ. އަޅުގަނޑުމެން ވަންނަން ދޮރުހުޅުވާ ދެއްވާށޭ.⁠‘ ނަމަވެސް އޭނާ ޖަވާބުދޭނެ. ’⁠އަހަރެންނަކަށް ކަލޭމެން ތިޔައީ ކޮންތާނކުން އައި ކޮންބައެއް ކަމެއް ނޭނގެއޭ.⁠‘


ދެން ކަލޭމެން ބުނާނެ. ’⁠އަޅުގަނޑުމެން ކަލޭގެފާނާއި އެކު ކައި ބޮއި ހެދީމެއް ނޫންތޯއޭ؟ ކަލޭގެފާނު އަޅުގަނޑުމެންގެ ރަށުގެ މަގުތަކުގައި ކިޔަވާ ވެސް ދެއްވީމެއް ނޫންތޯއޭ؟⁠‘


އެހެން ކަމަށް ވެއްޖެނަމަ ކަލޭމެންނަށް ދަޢުވަތު ދިން މީހާ އައިސް ބުނާނެ. ’⁠ތިޔަ ގޮނޑި މީނާއަށް ދީ.⁠‘ ދެން ކަލޭ ޖެހޭނީ ލަދުން ތެދުވެގެން ގޮސް އެތާ ހުރި އެންމެ ދެރަ ގޮނޑީގައި އިށީންނަން.


އީސާގެފާނު ޖަވާބުދެއްވިއެވެ. ”⁠އަހަރެން ބުނަން ތަ؟ އެމީހުން އަނގައިން ނުބުނެ ތިބި ކަމަށް ވަންޏާ ހިލަތައް ވެސް އެމީހުން އެބުނާ އެއްޗެތި އަޑުގައި ނެތް ތަނަށް ގޮވާނެ.⁠“


އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠މިއަދު މާތްރަސްކަލާނގެ ކަލެއާއި ކަލޭގެ އާއިލާ ދިންނަވައިފި. އެއީ ކަލޭ ވެސް މިއަދު ތި ކަންކުރީ އިބްރާހީމްގެފާނު ވެސް ކަންތައްކުރެއްވި ފަދައިން އީމާންތެރިކަމާއި އެކު.


އެތާތިބި ދީނުގެ ދަންނަބޭކަލުންނާއި ފަރީސީނުގެ ހިތަށްއެރިއެވެ. ”⁠ކުފުރުވެރި ބަސްތައް ބުނާ މިމީހަކީ މީކާކު؟ މާތްރަސްކަލާނގެ ފިޔަވާ ފާފަ ފުއްސެވޭނެ ފަރާތަކީ ކޮބާ؟⁠“


އެމީހުން ބުންޏެވެ. ”⁠އަޅުގަނޑުމެންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުން. އަޅުގަނޑުމެންނަކީ މި ދުނިޔޭގެ އެއްވެސް މީހެއްގެ އަޅުންނެއް ނޫން. ވީއިރު ’⁠ކަލޭމެން މިނިވަނުން ކަމުގައި ވާނެއޭ⁠‘ ތިޔަ ވިދާޅުވި ބަސްފުޅުގެ މާނައަކީ ކޮބައިތޯ؟⁠“


އެމީހުން ބުންޏެވެ. ”⁠އަހަރެމެންގެ ބައްޕައަކީ އިބްރާހީމްގެފާނު.⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠ކަލޭމެންތީ އިބްރާހީމްގެފާނުގެ އަސްލު ދަރިންނަމަ ކަލޭމެން ވެސް އިބްރާހީމްގެފާނު ކަންތައް ކުރެއްވި ގޮތަށް ކަންތައް ކުރީސް.


އަޅުގަނޑު މި ކަންތަކުގެ ޚަބަރު ފުރަތަމަ ދިނީ ދިމިޝްޤުގެ މީހުންނަށް. ދެން އެއަށް ފަހު އަޅުގަނޑު ދިޔައީ ޖެރޫސަލަމަށާ އަދި މުޅި ޖުދެއާ ކަރާގެތެރެއަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންގެ ގާތަށް. އަޅުގަނޑު އެމީހުން ގާތުގާ ބުނީ ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުމަށް، އަދި އެމީހުން ފާފަކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރުނުކަން އެމީހުން ކުރާ ހުރިހާ އަމަލުތަކަކުން ވެސް ދެއްކުމަށް.


ތިޔަބައިމީހުންގެ މުޅި ޙަޔާތް ސާލިޙު އަމަލުތަކުން ފުރިހަމަ ކޮށްދެއްވުމަށް އެދި މާތްރަސްކަލާނގެއަށް ދަންނަވަމެވެ. އެ އަމަލުތަކަކީ އީސާ އަލްމަސީޙު ތިޔަބައިމީހުންނަށް ދެއްވި ހެޔޮ އަމަލު ތަކެވެ. އަދި އެ އަމަލުތައް މީސްތަކުންނަށްފެނި މާތްރަސްކަލާނގެއަށް ޖަލާލަތާއި ޙަމްދާ ސަނާ ދަންނަވައި ދުޢާކުރާނެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ