Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 3:23 - ކިތާބުލް މުޤައްދަސާ

23-38 އީސާގެފާނު މާތްރަސްކަލާނގެ އާއި މެދު މީސްތަކުންނަށް އަންގަވާ ދެއްވާ އުގަންނާ ދެއްވަން ފެއްޓެވި އިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ގާތްގަނޑަކަށް ތިރީސް އަހަރުފުޅެވެ. މީސްތަކުން ހީކުރި ގޮތުގައި އީސާގެފާނަކީ ޔޫސުފުގެ ދަރިއެކެވެ. މި ޔޫސުފުގެ ދަރިކޮޅު ފެށުނު ގޮތަކީ މިއެވެ: މާތްރަސްކަލާނގެ އާދަމްގެފާނު އެކަލާނގެ ސިފަފުޅުގައި ހެއްދެވިއެވެ. އެއަށް ފަހު އާދަމްގެފާނުގެ ފުތް ޝޭތު، ޝޭތުގެ ފުތް އެނޯޝް، އެނޯޝްގެ ފުތް ކެނާން، ކެނާންގެ ފުތް މަހަލަލޭލް، މަހަލަލޭލްގެ ފުތް ޔެރޭދު، ޔެރޭދުގެ ފުތް އިދުރީސްގެފާނު، އިދުރީސްގެފާނުގެ ފުތް މެތޫޝާލަޙު، މެތޫޝާލަޙުގެ ފުތް ލަމެޚް، ލަމެޚުގެ ފުތް ނޫޙުގެފާނު، ނޫޙުގެފާނުގެ ފުތް ޝާމު، ޝާމުގެ ފުތް އަރުޕަކްޝާދު، އަރުޕަކްޝާދުގެ ފުތް ކައިނާމު، ކައިނާމުގެ ފުތް ޝާލަޙު، ޝާލަޙުގެ ފުތް ޣަބީރު، ޣަބީރުގެ ފުތް ޕެލޭގު، ޕެލޭގުގެ ފުތް ރަޢޫ، ރަޢޫގެ ފުތް ސަރޫގު، ސަރޫގުގެ ފުތް ނަހޫރު، ނަހޫރުގެ ފުތް ތަރާޙު، ތަރާޙުގެ ފުތް އިބްރާހީމްގެފާނު، އިބްރާހީމްގެފާނުގެ ފުތް އިސްޙާޤުގެފާނު، އިސްޙާޤުގެފާނުގެ ފުތް ޔަޢުޤޫބުގެފާނު، ޔަޢުޤޫބުގެފާނުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ފާރަޞް، ފާރަޞްގެ ފުތް ހެޒުރޯން، ހެޒުރޯންގެ ފުތް އަރުނީ، އަރުނީގެ ފުތް އަދުމީން، އަދުމީނުގެ ފުތް ޢައްމީނާދާބު، ޢައްމީނާދާބުގެ ފުތް ނަޙްޝޫނު، ނަޙްޝޫނުގެ ފުތް ސަލްމާން، ސަލްމާނުގެ ފުތް ބޫޢަޒު، ބޫޢަޒުގެ ފުތް ޢޫބީދު، ޢޫބީދުގެ ފުތް ޔައްސާ، ޔައްސާގެ ފުތް ދާއޫދުގެފާނު، ދާއޫދުގެފާނުގެ ފުތް ނަތާނު، ނަތާނުގެ ފުތް މައްތާތަ، މައްތާތަގެ ފުތް މިންނާހު، މިންނާހުގެ ފުތް މެލިޔާހު، މެލިޔާހުގެ ފުތް އެލިޔަކީމް، އެލިޔަކީމުގެ ފުތް ޖޯނަމް، ޖޯނަމުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޔަހޫޛާ، ޔަހޫޛާގެ ފުތް ސިމިޔާނު، ސިމިޔާނުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ޖޮރީމް، ޖޮރީމުގެ ފުތް އެލިޔާސިރު، އެލިޔާސިރުގެ ފުތް ޖަހޫޝް، ޖަހޫޝުގެ ފުތް އަޔީރް، އަޔީރުގެ ފުތް އެލްމޮދާމު، އެލްމޮދާމުގެ ފުތް ކުޝާމު، ކުޝާމުގެ ފުތް އައްދީ، އައްދީގެ ފުތް މާލިކު، މާލިކުގެ ފުތް ނެރީހު، ނެރީހުގެ ފުތް ޝައަލްތިއީލް، ޝައަލްތިއީލުގެ ފުތް ޒަރުބާބިލު، ޒަރުބާބިލުގެ ފުތް ރިޒާ، ރިޒާގެ ފުތް ޔުހަންނާން، ޔުހަންނާނުގެ ފުތް ޔޮދާހު، ޔޮދާހުގެ ފުތް ޔޮސޭހު، ޔޮސޭހުގެ ފުތް ޝިމާނު، ޝިމާނުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް މާތުހު، މާތުހުގެ ފުތް ނައްގާހު، ނައްގާހުގެ ފުތް އަސުލިޔާހު، އަސުލިޔާހުގެ ފުތް ނަހޫމު، ނަހޫމުގެ ފުތް އާމޮސް، އާމޮސުގެ ފުތް މައްތަތިޔާހު، މައްތަތިޔާހުގެ ފުތް ޔޫސުފު، ޔޫސުފުގެ ފުތް ޖަންނައި، ޖަންނައިގެ ފުތް މާލިކު، މާލިކުގެ ފުތް ލާވީ، ލާވީގެ ފުތް މައްތާތު، މައްތާތުގެ ފުތް ހެލާއި، ހެލާއިގެ ފުތް ޔޫސުފުއެވެ. އަދި މީހުން ހީކުރި ގޮތުގައި މި ޔޫސުފަކީ އީސާގެފާނުގެ ބައްޕާފުޅެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 3:23
20 ပူးပေါင်းရင်းမြစ်များ  

މިޞްރުގެ ރަސްގެފާނު، ފިރުޢައުނަށް ޔޫސުފުގެފާނު ޚިދުމަތް ކޮށްދެއްވަން ފެއްޓެވިއިރު އެކަލޭގެފާނުގެ އުމުރުފުޅަކީ ތިރީސް އަހަރުފުޅެވެ. އަދި ރަސްގެފާނުގެ ދަރުބާރުން ނުކުމެ ވަޑައިގެންނެވުމަށް ފަހު އެކަލޭގެފާނު މުޅި މިޞްރު ބައްލަވާލެއްވުމަށް ދަތުރުފުޅު ކުރެއްވިއެވެ.


ދާއޫދުގެފާނު ރަސްކަމަށް އިސްކުރެވުނު އިރު އެކަލޭގެފާނުގެ އުމުރުފުޅުން ވީ ތިރީސް އަހަރެވެ. އެރަސްގެފާނު ރަސްކަމުގައި ސާޅީސް އަހަރު ދެމި ހުންނެވިއެވެ.


މިއީ އީސާ އަލްމަސީޙުގެ ކާބަފައިންގެ ތާރީޚެވެ. އެކަލޭގެފާނު ވަޑައިގެންނެވީ ދާއޫދުގެފާނުގެ އާއިލާއިންނެވެ. އަދި ދާއޫދުގެފާނު ވަޑައިގެންނެވީ އިބްރާހީމްގެފާނުގެ އާއިލާއިންނެވެ.


ޔަޢުޤޫބު އަކީ ޔޫސުފުގެ ބަފައިކަލުންނެވެ. ޔޫސުފު އަކީ މަރިޔަމްގެފާނުގެ ފިރިކަލުންނެވެ. އަދި މަރިޔަމްގެފާނަކީ އީސާގެފާނުގެ މައިކަނބަލުންނެވެ. އީސާގެފާނުގެ ޚާއްސަ ލަގަބުފުޅަކީ އަލްމަސީޙު އެވެ.


ޔައްސާއަކީ ދާއޫދު ރަސްގެފާނުގެ ބަފައިކަލުންނެވެ. ދާއޫދުގެފާނަކީ ސުލައިމާނުގެފާނުގެ ބަފައިކަލުންނެވެ. (ސުލައިމާނުގެފާނުގެ މައިކަނބަލަކީ ކުރީން އޫރިއްޔާގެ އަނބިމީހާއެވެ.)


އޭނާއަކީ އެ ވަޑާންކުރާ މީހާގެ ދަރިއެއް ނޫންތަ؟ އޭނާގެ މަންމާއަކީ މަރިޔަމް. އަދި އޭނާގެ ކޮއްކޮމެންނަކީ ޔާމިޒު އާއި ޔޫސުފާއާއި ސިމްޢާން އަދި ޔަހޫޛާއެއް ނޫންތަ؟


އެހާތަނުން އީސާގެފާނު ރިސާލަތު އިއްވަވަން ފެއްޓެވިއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”⁠ތައުބާވޭ! އެހެނީ މާތްރަސްކަލާނގެ ރަސްކަންފުޅު އައުން ވަނީ ކައިރީގަ!⁠“


މިއީ މަރިޔަމްގެ ދަރި އެ ވަޑާންކުރާ މީހާއެއް ނޫންތަ؟ އަދި މިއީ ޔާމިޒާ، ޔޫސުފާ، ޔަހޫޛާ އާ ސިމްޢާންގެ ބޭބެއެއް ނޫންތަ؟ މީނާގެ އަންހެން ކޮއްކޮމެން ދިރިއުޅެނީ މިރަށުގައެއް ނޫންތަ؟⁠“ އަދި އެމީހުން އެކަލޭގެފާނާމެދު ހިތްހަމަ ނުޖެހި އެކަހެރި ކޮށްލެއްވިއެވެ.


މަރިޔަމްގެފާނާއި ޔޫސުފަށް އެކަލޭގެފާނު މިތާނގައި އިންނެވިތަން ފެނުމުން ވަރަށް ބޮޑަށް ހައިރާންވިއެވެ. މަރިޔަމްގެފާނު އެކަލޭގެފާނަށް ވިދާޅުވިއެވެ. ”⁠ދަރިފުޅާ. މަންމަމެން ދަރިފުޅާއި މެދު ވަރަށް ކަންބޮޑުވި. މަންމަމެން ދަރިފުޅު ހޯދުމަށްޓަކައި ނުހޯދާ ތަނެއް ނެތް. ތިޔަފަދަ ކަމެއް މަންމަމެންނަށް ތިޔަކުރީ ކީއްވެ؟⁠“


އެކަލޭގެފާނު ވިދާޅުވި މަތިވެރި މިބަސްފުޅުތަކުގެ ސަބަބުން އެމީހުން ހައިރާންވިއެވެ. ދެން އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠މިއީ ޔޫސުފުގެ ދަރިފުޅެއް ނޫން ތަ؟ އެފަދަ މަތިވެރި ބޭކަލަކަށް ވުމުގެ ދަޢުވާ ކުރުމުގެ ޙައްޤު އޭނާއަށް ދިނީ ކާކު؟⁠“


ފިލިޕު ގޮސް އޭނާގެ ރައްޓެއްސެއް ކަމުގައިވާ ނަތާނިއެލް ހޯދާފައި އޭނާ ގާތު ބުންޏެވެ. ”⁠މޫސާގެފާނާއި އެހެނިހެން ވެސް ރަސޫލުންނާ ނަބީބޭކަލުން އެކަލޭގެފާނަކާއި މެދު ލިޔުއްވި ކަލޭގެފާނު އަހަރެމެންނަށް ފެނިއްޖެ. އެކަލޭގެފާނަކީ ޔޫސުފުގެ ދަރިފުޅު ނާޒަރަތު އަވަށުން ވަޑައިގެންނެވި އީސާގެފާނު.⁠“


އެމީހުން ބުންޏެވެ. ”⁠އެހެން ވާނީ ކިހިނެއް؟ މިއީ ޔޫސުފުގެ ދަރި އީސާ. އޭނާގެ މަންމައާއި ބައްޕަވެސް އަހަރެމެން ދަންނަން. ވީއިރު ’⁠ތިމަންނަ މިއީ ސުވަރުގެއިން އައި މީހެކޭ⁠‘ އޭނާއަށް ބުނެވޭނީ ކިހިނެއް؟⁠“


ތިޔޯފިލުސް އަށް، އަހަރެން ލިޔުނު ފުރަތަމަ ފޮތުގައި، އަހަރެން ލިޔުނީ އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން ފެށުނީއްސުރެން ނިމެންދެން އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމަކާއި ކިޔަވައިދެއްވި ހުރިހާ ބަސްފުޅުތަކަކާއި ބެހޭ ގޮތުންނެވެ. އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނު މާތްރޫޙުފުޅުގެ ދަށުން ހޮއްވަވާ ކަނޑައެޅުއްވި މަންދޫބުންނަށް އެމީހުން ކަންތައްތައް ކުރަންވީ ގޮތް އެންގެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ