ލޫކާސް 3:2 - ކިތާބުލް މުޤައްދަސާ2 އޭރު ބަނީއިސްރާއީލުގެ އުއްތަމަ އިމާމުންނަށް ތިއްބެވީ ހަންނާނު އާއި ކައިފާސް އެވެ. އެދުވަސްވަރު މާތްރަސްކަލާނގެ ވަޙީގެ ބަސްފުޅު ޔަޙުޔާގެފާނަށް ފޮނުއްވިއެވެ. ޔަޙުޔާގެފާނު އޭރު މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ދިރިއުޅުއްވަމުން ގެންދެވިއެވެ. အခန်းကိုကြည့်ပါ။ |
ޔަޙުޔާގެފާނުގެ އަސްޙާބީން އެނބުރި ދިއުމުން އީސާގެފާނު އެއްވެފައި ތިބި މީސްތަކުންނާއި މުޚާތަބު ކުރައްވައި ޔަޙުޔާގެފާނާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ. ”ތިޔަބައިމީހުން އެކަހެރި މީހުން ނޫޅޭ ހިސާބަށް ދިޔައީ ކޯންޗެއް ދުށުމަށް؟ ކޯރުތަކުގެ ކައިރީގައި ހެދޭ ކަހަލަ ވިނަގަސްތައް ވަޔާ ހޫރޭތަން ދުށުމަށް ތަ؟
މި ހެޔޮޚަބަރުފުޅު ފެށިގެން އައީ ނަބީ ޔަޝަޔާޙުގެފާނަށް މާތްރަސްކަލާނގެ ބާވައިލެއްވި ވަޙީފުޅާ އެއްގޮތްވާ ފަދައިންނެވެ. އެކަލޭގެފާނުގެ ފޮތްކޮޅުގައި ލިޔެވިގެން ވަނީ: ”ކަލޭގެފާނު ވަޑައިގަތުމުގެ ކުރިން ކަލޭގެފާނަށްޓަކާ މަގެއް ތައްޔާރުކުރުމަށް ތިމަން ކަލާނގެ އެބައިމީހުންގެ ގާތަށް ނަބީ ބޭކަލަކު ފޮނުއްވާނަމު.
ދުވަސްތައް ވޭތިވެ ޔަޙުޔާގެފާނު ބޮޑުފުޅުވިއެވެ. މާތްރޫޙުފުޅު ޔަޙުޔާގެފާނަށް މާތްރަސްކަލާނގެ އާއިމެދު އުނގަންނައި ދެއްވިއެވެ. ޔަޙުޔާގެފާނު ބޮޑުފުޅު ވުމަށް ފަހު، އެކަހެރި މީހުން ނޫޅޭ ހިސާބަކަށް ވަޑައިގެން އެތަނުގައި ދިރިއުޅުއްވިއެވެ. ދެން އެތައް ދުވަހަކަށް ފަހު އެކަލޭގެފާނު އެތަނުން އެނބުރި ވަޑައިގެން ބަނީއިސްރާއީލުންގެ މީހުންގެ ތެރޭގައި ފާޅުގައި މާތްރަސްކަލާނގެ އާއި ބެހޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ފެއްޓެވިއެވެ.