ލޫކާސް 3:19 - ކިތާބުލް މުޤައްދަސާ19 ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަޙުޔާގެފާނު ޖަލަށް ލިއެވެ. އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާސް އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެން ވެސް ނުބައި ކަންތައްތަކަކީ ނުރަނގަޅު ކަންތައްތައް ކަމުގައި ޔަޙުޔާގެފާނު ވިދާޅުވުމުންނެވެ. အခန်းကိုကြည့်ပါ။ |
ކައިސަރު ތިބޭރިޔުސްގެ ވެރިކަމުގެ ފަނަރަވަނަ އަހަރުގައި ޕޮންތިޔުސް ޕިލާތުސް ޖުދެއާގެ ގަވަރުނަރަކަށް ހުންނެވި އިރު ގަލީލީގެ ވެރިއަކަށް ހުންނެވީ ހެރޮދު އެވެ. ހަމަ އެދުވަސްވަރު އޭނާގެ ބޭބެ ފިލިޕު އިތުރެޔާ އާއި ތުރަކޯނިތިސްގެ ވެރިއަކަށް ހުންނެވިއެވެ. އަދި އަބީލީނާގެ ވެރިއަކަށް އޭރު ހުންނެވީ ލިސަނިޔާހު އެވެ.