18 ޔަޙުޔާގެފާނު މީސްތަކުންނަށް އެތައް ތަފާތު ގޮތްތަކަކުން މި ހެޔޮޚަބަރުފުޅާއި ބެހޭގޮތުން އަންގަވައި ދެއްވަމުން ގެންދެވިއެވެ.
އެކަލޭގެފާނު ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވާ ދެބައި ކުރައްވާނެ. އަދި ގޮވާންތައް ގުދަނަށް ލައްވާ ހުއިތައް ނިވުމެއް ނުވާ އަލިފާނަކުން އަންދަވާނެ. އެކަލޭގެފާނު މިފަދައިން މީސްތަކުންނާ ދޭތެރޭ ކަންތައް ކުރައްވާނެ.“
ނަމަވެސް ގިނަ ދުވަހެއް ނުވެ ގަލީލީގެ ވެރިޔާ ހެރޮދު ޔަޙުޔާގެފާނު ޖަލަށް ލިއެވެ. އެއީ ހެރޮދު އޭނާގެ އެއްބަފާ ބޭބެ ފިލިޕުގެ އަންހެނުން ހެރޯދިޔާސް އާއި އިނުމުންނާއި އަދި އޭނާ ކޮށްފައިވާ އެހެން ވެސް ނުބައި ކަންތައްތަކަކީ ނުރަނގަޅު ކަންތައްތައް ކަމުގައި ޔަޙުޔާގެފާނު ވިދާޅުވުމުންނެވެ.
އެއްވެފައި ތިބި މީހުންނަށް ގޮވައި ޔަޙުޔާގެފާނު މިކަން އިޢުލާން ކުރެއްވި އެވެ. ”އަހަރެން ބުނަމުން އައީ މިކަލޭގެފާނެއްގެ ވާހަކައެވެ. އަހަރެން ބުނިން، ’އަހަރެންގެ ފަހަތުން އަހަންނަށް ވުރެން މާ މަތިވެރި ބޭކަލަކު އެބަ ވަޑައިގަންނަވައޭ، އެބޭކަލަކީ އަހަންނަށް ވުރެ މާ ކުރީގައި ވެސް އުޅުއްވި ބޭކަލެކޭ.‘“
ޖެހިގެން އައި ދުވަހު ޔަޙުޔާގެފާނުގެ ގާތަށް އީސާގެފާނު ވަޑައިގަންނަވާތަން އެކަލޭގެފާނަށް ފެނިވަޑައިގަތުމުން މިފަދައިން ވިދާޅުވިއެވެ. ”ނިކަން ދެކިބަލަ! އެ ވަޑައިގަންނަވަނީ މާތްރަސްކަލާނގެ އިންސާނުންގެ ފާފަތަކުގެ ބަދަލު ދެއްކުމަށް ކައްފާރާއެއްގެ ގޮތުގައި ޤުރުބާން ކުރެއްވުމަށް ފޮނުއްވި ކަންބަޅި.
އީސާގެފާނާއި މެދު މިފަދައިން ކަންތަން ހިނގާ ދިޔަތަން އަހަރެން ދުށިން. އެހެން ކަމުން އީސާގެފާނަކީ މާތްރަސްކަލާނގެ ޚާއްސަގޮތެއްގައި ހޮއްވެވި ބޭކަލެއް ކަމަށް އަހަރެން ހެކިވަން.“
ޕަތަރަސް އެތައް އިރެއް ވަންދެން މި ގޮތުގެ މަތިން އެމީހުންނާއި ވާހަކަ ދެއްކިއެވެ. ޕަތަރަސް އެމީހުންނަށް އާދޭހާ އެކު ބުންޏެވެ. ”ކަލޭމެންގެ ނަފްސު މި ނުބައި ޒަމާނުގެ މީހުންގެ ނުފޫޒުން ސަލާމަތް ކުރޭ.“
އޭނާ އެ ރަށަށް ދަތުރުކޮށް ދިޔަ މަގު މަތީގައި ވީ ރަށްރަށުގައި ވީ އީމާންވެގެންވީ މީހުންނާ ވެސް ޕައުލް ހިތްވަރު ދިނުމުގެ ބަސްތަކުން ވާހަކަދައްކަމުން ދިޔައެވެ. ދެން އެންމެފަހުން އޭނާ ދިޔައީ ގުރީސްއަށެވެ.