Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 3:16 - ކިތާބުލް މުޤައްދަސާ

16 އެފަދައިން ހީކުރި މީހުންނަށް ޔަޙުޔާގެފާނު މިޖަވާބު ދެއްވިއެވެ. ”⁠އަހަރެން މީ ކަލޭމެން ތިޔަ އިންތިޒާރު ކޮށްގެން ތިބި ކަލޭގެފާނެއް ނޫން. އަހަރެން ކަލޭމެން ހިނައިގަތުމަށް މިބުނަނީ ފެނުން. ނަމަވެސް އަހަންނަށް ވުރެ މާ މަތިވެރި ވެގެންވާ ބޭކަލަކު އެބަ ވަޑައިގަންނަވާ. އަހަރެންނަކީ އެބޭކަލެއްގެ ފައިންޕުޅުގެ ދަށުގައި ވާ ވެއްޔަށް ވުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެންގެ ތެރެއިން ތައުބާވީ މީހުންގެ ހިތްތައް ސާފުކޮށް ހިނަވާނީ މާތްރޫޙުފުޅުން. އަދި އެކަލޭގެފާނު ތައުބާ ނުވާ މީހުންގެ ހިތްތައް ނިވުމެއް ނުވާ އަލިފާނަށް އެއްލާ ލައްވާނެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 3:16
24 ပူးပေါင်းရင်းမြစ်များ  

ކަލޭމެން އިސްލާހު ކުރުމަށް އަހަރެން މިދޭ ހެޔޮ ނަސޭހަތުގެ އަޑު އަހާށެވެ. އޭރުން އަހަރެންގެ ވިސްނުންތައް ކަލޭމެންގެ މައްޗަށް އޮއްސާލާނަމެވެ. އަހަރެންގެ ބަސްތައް ކަލޭމެންނަށް އޮޅުންފިލުވައި ދޭނަމެވެ.


ކަލޭމެންގެ ހިތާއި އަދި ދިރިއުޅުން ބަދަލުވެއްޖެކަން ދައްކައި ދިނުމުގެ ގޮތުން އަހަރެން ކަލޭމެން ތައުބާގެ ހިނެވުމުން މި ހިނަވަނީ ފެނުން. ނަމަވެސް އަހަރެންނަށް ވުރެން މަތިވެރި ބޭކަލަކު ވަޑައިގަންނަވާނެ. އަހަރެންނަކީ އެބޭކަލެއްގެ ފައިވާން އުފުލުމަށް ވެސް އެކަށީގެންވާ މީހަކީމެއް ނޫން. އެކަލޭގެފާނު ކަލޭމެން ހިނަވާނީ މާތްރޫޙުފުޅުންނާއި އަދި އަލިފާނުން.


އެކަލޭގެފާނު ވަޑައިގަންނަވާނީ ގޮވާންތައް ސާފު ކުރެއްވުމަށް ޓަކައި ތައްޔާރުވެ ވަޑައިގެން. އަދި ގޮވާންތަކުން ތޮއްޓާއި ހުއިތައް ވަކިކުރައްވައި ސާފު ކުރެއްވުމަށް އެކަލޭގެފާނު ހުންނަވާނީ ތައްޔާރުވެ ވަޑައިގެން. އޭގެތެރެއިން ރަނގަޅު ގޮވާންތައް އެކަލޭގެފާނު ގުދަން ކުރައްވައި އަދި ތޮށިތައް ނިމުމެއް ނުވާ އަލިފާނުން އަންދައިލައްވާނެ.⁠“


ޔަޙުޔާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠އަހަރެން މީސްތަކުން މި ހިނަވަނީ ފެނުން. ނަމަވެސް އެބޭކަލަކީ ކޮބައިކަން ކަލޭމެންނަށް ނޭނގޭ ކަލޭމެންގެ ތެރޭގައިވާ ބޭކަލަކު އަހަރެންނަށް ފަހު އެބަ ވަޑައިގަންނަވާ. އަހަރެން މިއީ އެކަލޭގެފާނުގެ ދެރަ ނޯކަރަށް ވުމަށް ވެސް އެކަށީގެންވާ މީހެއް ނޫން.⁠“


އަހަރެންނަށް ވެސް އެކަލޭގެފާނު ކުރިއަކު ނޭނގޭ. ނަމަވެސް އަހަރެން މީސްތަކުން ފެނުން ތައުބާގެ ހިނެވުން ހިނަވަން ފޮނުއްވި ހިނދު މާތްރަސްކަލާނގެ އަހަރެންނަށް އެންގެވި. ’⁠މާތްރޫޙުފުޅު މީހެއްގެ ކައިރިއަށް ވަޑައިގެން އެމީހެއްގެ މަތީގައި ވާތަން ކަލެއަށް ފެންނަ ހިނދު އެމީހަކީ ތިމަންކަލާނގެ ފޮނުއްވި ޚާއްސަ ބޭކަލަކު ކަމާއި އަދި އެބޭކަލަކީ މީސްތަކުން މާތްރޫޙުފުޅުން ހިނެވޭ، ތައުބާގެ ހިނެވުމުން، ހިނަވާނެ ކަލޭގެފާނު ކަން ދެނެގަންނާތި.⁠‘


އަހަރެންނަށް އީމާންވާ ކޮންމެ މީހެއްގެ ހިތުގައި ވެސް، މާތްރަސްކަލާނގެ ވަޙީ ބަސްފުޅުގައި ލިޔެވިގެންވާ ފަދައިން، ދިރުން ލިބޭ ފެން އާރުތައް ވެސް އުތުރި އަރާނެ.⁠“


ޔަޙުޔާގެފާނު މީހުން ތައުބާގެ ހިނެވުމުން ހިނެވީ ފެނުން. ނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި މާތްރޫޙުފުޅުން ކަލޭމެން ހިނެވޭނެ.⁠“


ޕަތަރަސް މި ފަދައިން ބުނެ ވާހަކަ ދައްކަމުން ދިޔަ ހިނދު މާތްރޫޙުފުޅު އެތާނގައި މި ބަސްތައް އަޑު އަހަން ތިބި އެންމެންގެ މައްޗަށް ވެރިވިއެވެ.


މާތްރަސްކަލާނގެ އީސާގެފާނު އުޑަށް އުފުއްލަވައިފި. އެކަލޭގެފާނު މިހާރު ވަނީ އެކަލާނގެ ކަނާއަތް ފަރާތުގައި ސުވަރުގޭގައިވާ އެންމެ މަތިވެރި ތަހުތުކޮޅުގަ. ބައްޕާފުޅު ވަޢުދުފުޅު ވެ ވޮޑިގެންވީ ފަދައިން އީސާގެފާނަށް މާތްރޫޙުފުޅު ދެއްވި. އަދި އީސާގެފާނު އެ މާތްރޫޙުފުޅު އަހަރެމެންނަށް ދެއްވި. ތިޔަބައިމީހުންނަށް ތި ފެނި އިވޭ ކަންތައްތަކަކީ އެއީ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ