Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 3:14 - ކިތާބުލް މުޤައްދަސާ

14 އަދި ސިފައިންގެ މީހުންގެ ބަޔަކު ވެސް އެތަނަށް އައެވެ. އެމީހުން ވެސް ޔަޙުޔާގެފާނަށް ބުންޏެވެ. ”⁠އަހަރެމެން ތައުބާވެއްޖެކަން ހާމަ ކުރުމަށް ކުރަންވީ ކޮންކަމެއް؟⁠“ ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠މީހުން އަތުން ގަދަކަމުން ފައިސާ ނާތުލާ. އަދި މީހުންނަށް ދޮގު ތުހުމަތުތައް ކޮށް ބިރުގަންނަވައިގެން ވެސް ފައިސާ ނާތުލާ. ކަލޭމެންނަށް ލިބޭ މުސާރައިން ހިތްހަމަ ޖައްސައިގެން ތިބޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 3:14
15 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ އަވަށްޓެރިޔާއާމެދު ދޮގުހެކި ނުދޭތި.


”⁠ހަޤީޤަތެއް ނެތް ބުންޏޭ ބުންޏޭ ވާހަކަތައް ނުފަތުރާތި. އަދި ކުށްވެރިޔަކާ އެއްކޮޅަށް ހެކިބަސްދީ އޭނާ ކުށުން ބަރީއަ ކުރަން ނޫޅޭތި.


އީސާގެފާނު ކަޕަރުނައުމްއަށް ވަޑައިގެންނެވިހިނދު ރޯމު ސިފައިންގެ އޮފިސަރެއް އެކަލޭގެފާނުގެ އަރިހަށް އައިސް އެހީތެރިކަމަށް އެދި ދެންނެވިއެވެ.


އެދުވަހު ޒައްކާޔުސް އެގޭގައި ވީ އެންމެންގެ ކުރިމަތީގައި މާތްސާހިބާއަށް ދެންނެވިއެވެ. ”⁠މާތްސާހިބާ! އަޅުގަނޑަށް ވާ ހުރިހާ މުދަލެއްގެ ދެބައިކުޅަ އެއްބައި މިރަށުގެ ހުރިހާ ފަގީރުންނަށް ހަމަ މިއަދު އަޅުގަނޑު ދޭނަން. އަދި އަޅުގަނޑު ހެދި މަކަރުތަކުގެ ސަބަބުން ގެއްލުމެއް ލިބުނު ކޮންމެ މީހަކަށް އެމީހެއްގެ އަތުން ނެގި ތަކެއްޗަށް ވުރެ ހަތަރު ގުނަ އިތުރަށް އެމީހަކަށް ދޭނަން.⁠“


މީސްތަކުން ޔަޙުޔާގެފާނު ކުރެން ސުވާލު ކުރިއެވެ. ”⁠އަހަރެމެން ތައުބާވެއްޖެ ކަން ހާމަކުރުމަށްޓަކައި ކުރަންވީ ކީއް؟⁠“


ޔަޙުޔާގެފާނު ވިދާޅުވިއެވެ. ”⁠ޓެކްސް ނަގަން ކަނޑައަޅާ އަންގާފައި އޮންނަ އަދަދަށް ވުރެ އިތުރަށް ކަލޭމެން މީސްތަކުންގެ އަތުން ފައިސާ ނާތުލާ.⁠“


މި މަލާއިކަތާ މި ބަސްތައް ވިދާޅުވުމަށް ފަހު އެނބުރި ދިޔައެވެ. ހަމަ އެވަގުތު ކޮރުނޭލިޔުސް އޭނާގެ ދެ ނޯކަރުންނާއި އޭނާގެ ބައިގައި ހިމެނޭ ސިފައިންގެ މީހުންގެ ތެރެއިން މީހަކު ގެނައެވެ. މި ސިފައިންގެ މީހާއަކީ ވެސް މާތްރަސްކަލާނގެ ކިބައަށް އީމާންވެގެންވާ ޞާލިޙު މީހެކެވެ.


އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.


ދެންމެ މިބުނި ފަދައިން އަހަރެން ބުނަން ޖެހުނު ސަބަބަކީ އަހަރެންނަށް އެއްޗެއް މަދުވެގެން އެކަމާއި ކަންބޮޑު ވެގެންނެއް ނޫނެވެ. އަހަރެން ދަސް ކުރީ ޙަޔާތުގައި ދިމާވި ކަންތައްތަކާއި މެދު ހިތްހަމަޖެހުން ލިބިގަތުމަށެވެ.


ހަމަ މިފަދައިން މާތްކަލާނގެ ދެކެ އެކަށީގެންވާފަދަ ގޮތަކަށް ޚިދުމަތްކުރާ މީހެއް ފަދައިން ދިރިއުޅުން ވޭތުކުރުމަށް އުމުރުން ދުވަސްވީ އަންހެނުންނަށް ބުނެދޭށެވެ. އެމީހުން ނެތިމޮށުމާއި މަސްތުވުމުގެ އަޅުންނަށް ވެގެން ނުވާނެއެވެ. އޭގެބަދަލުގައި އަނެކުންނަށް ރަނގަޅުގޮތް ދައްކައިދޭ ބަޔަކަށް މިފަދަ އަންހެނުން ވުމަށް ބުނެދޭށެވެ.


އެއަށް ފަހު، ހަރުއަޑަކުން ސުވަރުގެއިން މިފަދައިން ވިދާޅުވި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ ރަސްކަންފުޅު އަތުވެއްޖެ! މި ހިނދު މާތްރަސްކަލާނގެ، އެކަލާނގެ ދިންނެވުމާއި، ކުޅަދުންވަންތަކަމާއި އަމުރުވެރިކަމާއި އަދި ރަސްކަންފުޅާއި އެކަލާނގެ ހާއްސަކުރެއްވި އަލްމަސީޙުގެ އަމުރު މަޢުރޫފުވެރިކަން އައިއްސި. އެއީ މާތްރަސްކަލާނގެ ޙަޟްރަތުގައި ރޭގަނޑާއި ދުވާލު އަހަރެމެންގެ އަޚުންނާއި އުޚުތުންނާއި މެދު ތުހުމަތު ކުރި ޝައިތާނާ މި ހިނދު އެ ވަނީ ދުނިޔޭގެ ތެރެއަށް އެއްލާލެވިފަ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ