Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:6 - ކިތާބުލް މުޤައްދަސާ

6 އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވަނީ މަރުވުމަށް ފަހު އަލުން ދިރުއްވާފަ. ގަލީލީގައި އެކަލޭގެފާނު ކަލޭމެންނަށް ވިދާޅުވި ބަސްފުޅު ހަނދާނެއް ނެތް ތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:6
19 ပူးပေါင်းရင်းမြစ်များ  

ޔޫނުސްގެފާނު ބޮޑު މަހެއްގެ ބަނޑުގައި ތިން ރެއާއި ތިން ދުވަސް ވަންދެއް އޮންނެވި. ހަމައެފަދައިން އިންސާނާގެ ދަރިކަލުން ތިން ރެއާއި ތިން ދުވަސް ވަންދެން ބިންގަނޑުގެ ބަނޑުތެރޭގައި ވަޅުލެވިފައިވާނެ.


އެހިނދުން ފެށިގެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މި ވާހަކަތައް ކިޔައިދެއްވަން ފެއްޓެވިއެވެ. އެއީ އެކަލޭގެފާނު ޖެރޫސަލަމަށް ވަޑައިގަންނަވަން ޖެހޭނޭ ކަމުގައްޔާއި، ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑުއިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އެތަނުގައި އެކަލޭގެފާނަށް ތަފާތު މުސީބާތްތަކާއި އުނދަގޫތައް ޖައްސަވާނެ ކަމުގެ ވާހަކަތަކެވެ. އަދި އެކަލޭގެފާނު އަވަހާރަ ކޮށްލެވޭނޭ ކަމުގައްޔާއި އަދި އޭގެ ތިންވަނަ ދުވަހު އަލުން ދިރުއްވޭނޭ ކަމުގައި ވެސް އީސާގެފާނު އަސްޙާބީންނަށް ވިދާޅުވިއެވެ.


އަދި އެބައިމީހުން ޕިލާތުސްއަށް ބުންޏެވެ. ”⁠ސާހިބާ، އެ ދޮގުވެރިޔާ މީގެ ކުރިން މިފަދައިން ބުނި އަޑު އަޅުގަނޑުމެން އެހީން. ’⁠ތިން ދުވަސް ފަހުން ތިމަން އަލުން ދިރިގެން ތެދުވާނަމޭ.⁠‘


އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނުގެ ހަށިކޮޅު ވެޑުވުނުތަނަށް ގޮސް ބަލަން އާދޭ.


އެބޭކަލަކު ވިދާޅުވިއެވެ. ”⁠ބިރުވެތިނުވޭ! ތިޔަ ކަނބަލުން ހޯއްދަވަނީ ސަލީބަށް އެރުވުނު ނާޒަރަތުގެ އީސާގެފާނު ކަން އަހަރެންނަށް އެނގޭ. އެކަލޭގެފާނެއް މިތަނަކު ނެތް. އެކަލޭގެފާނު ވިދާޅުވި ފަދައިން އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެންފި. އެކަލޭގެފާނު ވެޑުވިފައިވީތަން ބަލާބަލަ.


އެއަށް ފަހު އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް މިހެން އުގަންނަވައި ދެއްވަން ފެއްޓެވިއެވެ. ”⁠އިންސާނާގެ ދަރިކަލުން ބޮޑެތި ތަދާއި ވޭން އުފުލަން ޖެހޭނެ. ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންގެ އިތުރުން ދީނުގެ ދަންނަބޭކަލުން އަހަރެންނާ ދެކޮޅުވެރިވެ އަހަރެން މަރާލާނެ. އެހެނަސް ތިން ދުވަސް ފަހުން އަލުން ފުރާނައެޅި ދިރިގެން އަންނާނަން.⁠“


މި އެގާރަ އަސްޙާބީން އެމީހުންނަށް ބުންޏެވެ. ”⁠އެއީ ތެދެއް! މާތްސާހިބާ އަލުން ދިރިވަޑައިގެންފި. ޕަތަރަސް އެކަލޭގެފާނު ދެކެފި.⁠“


މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މީހުން މަރުވީމައި ގެނެވޭތާކަށް ކަލޭމެން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟


އީސާގެފާނު ވިދާޅުވިއެވެ. ”⁠ބަނީއިސްރާއީލުގެ ބޮޑުންނާއި ބޮޑު އިމާމުންނާއި އަދި ދީނުގެ ދަންނަބޭކަލުން އަހަރެން ބުނާ ބަސް ގަބޫލުނުކޮށް އަދި އެމީހުންގެ އަތުން އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަންނަށް އެތައް އަނިޔާއެއް ލިބޭނެ. އަދި އަހަރެން މަރާލެވޭނެ. ނަމަވެސް މަރުވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަހަރެން އަލުން ދިރުއްވޭނެ.⁠“


”⁠އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް ކަނުލާ އަޑުއަހާ: އިންސާނާގެ ދަރިކަލުން ކަމުގައިވާ އަހަރެން މީސްތަކުންގެ އަތްމައްޗަށް އެމީހުން ހަދާނެ ގޮތެއް ހެދުމަށް ދޫކޮށް ލެވޭނެ.⁠“


އެހެންނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު އަލުން ދިރުއްވި. އެއީ އެކަލޭގެފާނުގެ މައްޗަށް މަރަކަށް ބާރެއް ނުފޯރުވޭނެ.


އަހަރެން ތިޔަބައިމީހުންނާއި އެކުގައި ވީ ހިނދު މި ވާހަކަތައް ކިޔައިދިން ހަނދާން ތިޔަބައިމީހުން ނުވޭހެއްޔެވެ؟


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ