Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:52 - ކިތާބުލް މުޤައްދަސާ

52 އަސްޙާބީން އީސާގެފާނުގެ މައްޗަށް ހަމްދާއި ސަނާ ކިޔަމުން އުފާވެރި ކަމާއި އެކު އެނބުރި ޖެރޫސަލަމަށް ދިޔަ އެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:52
11 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެތަނުގައި ހުންނަވަނިކޮށް އެބައިމީހުންނަށް ފެނުނެވެ. އަދި އެބައިމީހުން އެކަލޭގެފާނަށް އަޅުކަން ކުރިއެވެ. އެކަމަކު ބައެއް އަސްޙާބީންނަށް އެއީ އީސާގެފާނު ކަމާ މެދު ޝައްކު ކުރެވުނެވެ.


ކުއްލިއަކަށް އީސާގެފާނު އެބައިމީހުންނާއި ބައްދަލު ކުރައްވައި ވިދާޅުވިއެވެ. ”⁠އައްސަލާމް ޢަލައިކުމް.⁠“ އެ އަންހެނުން އެކަލޭގެފާނުގެ އަރިހަށް ދިޔައެވެ. އަދި އެކަލޭގެފާނުގެ ފައިތިލަފުޅުގައި ހިފަހައްޓައިގެން ތިބެ އެކަލޭގެފާނަށް އަޅުކަން ކުރިއެވެ.


އަދި ހަމަ އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެވިއެވެ.


އަދި ބައިތުލް މަޤްދިސްގައި މާތްރަސްކަލާނގެ ކިބަފުޅަށް ޝުކުރު ކުރުން މަތީ އެބައިމީހުންގެ ހުރިހާ ވަގުތެއް ހޭދަ ކުރިއެވެ.


އަހަރެން ކަލޭމެންނާއި ވަކިވެ ދާން އުޅޭ ވާހަކައާއި އަދި އެނބުރި ކަލޭމެންގެ ގާތަށް އަންނާނެ ވާހަކަ ބުނެފީމު. ކަލޭމެން އަހަރެން ދެކެ ލޯބި ވާނަމަ އެކަމާ އުފާވާން ޖެހޭނެ. އެއީ އަހަރެން އެނބުރި މިދަނީ ބައްޕާފުޅުގެ އަރިހަށް. އަދި ބައްޕާފުޅު އަހަރެންނަށް ވުރެ މާ މަތިވެރި.


މިހާރު ކަލޭމެން ތިޔަ ވަނީ އެފަދަ ހިތާމައެއްގައި. ނަމަވެސް އަހަރެން އަލުން ކަލޭމެންނާއި ބައްދަލުވާނަން. އޭރުން ކަލޭމެން އެހާވަރަށް އުފާވާނެ. އަދި އެއްވެސް މީހަކަށް އެއުފާ ކަލޭމެންގެ އަތުން ޖަހައެއް ނުގަނެވޭނެ.


ނަމަވެސް ހަމަ ޔަޤީން، އަހަރެން މިދަނީ ކަލޭމެންނަށް ރަނގަޅަކަށް. އެއީ އަހަރެން ނުދަނީސް މާތްރަސްކަލާނގެ މާތްރޫޙުފުޅަށް ކަލޭމެންނަށް އެހީތެރިވުމަށް ކަލޭމެންގެ ގާތަކަށް ނާދެވޭނެ. ނަމަވެސް އަހަރެން ދިޔުމަށް ފަހު އެ މާތްރޫޙުފުޅު ކަލޭމެންގެ ގާތަށް އަހަރެން ފޮނުވާދޭނަން.


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ. އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައިވާ މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ.


ތިޔަބައިމީހުންނަށް އަލްމަސީޙު ފެނިގެން ނުވިއެއް ކަމަކު އެކަލޭގެފާނު ދެކެ ލޯބިވަމުއެވެ. ހަމައެހެންމެ، އެކަލޭގެފާނު ފެނިދެނިގެންނުވާ ޙާލުގައި އެކަލޭގެފާނަށް އިތުބާރު ކުރައްވާ އީމާންވަމުއެވެ. އެހެންވީމާ، މިއަދު ތިޔަބައިމީހުން ވަނީ ތަސައްވުރު ކުރަން ނޭނގޭ ފަދަ މަތިވެރި އުފާ ފާގަތިކަމެއްގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ