Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:51 - ކިތާބުލް މުޤައްދަސާ

51 އަދި ހަމަ އެވަގުތު މާތްރަސްކަލާނގެ އެކަލޭގެފާނު އުޑަށް އުފުއްލެވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:51
9 ပူးပေါင်းရင်းမြစ်များ  

މާތްސާހިބާ އީސާގެފާނު އެބޭކަލުންނަށް މިވާހަކަފުޅުތައް ވިދާޅުވެދެއްވައި ނިންމެވި ހިނދު އެކަލޭގެފާނު އުޑަށް އުފުއްލެވިގެން ދިޔައެވެ. އަދި މާތްރަސްކަލާނގެ ޙަޟްރަތުގައި އެންމެ މަތިވެރިވެގެންވީ މަޤާމުގައި އެކަލޭގެފާނު ވަނީ ލަހައްޓަވާފައެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނާގެން އެރަށުން ވަޑައިގެން ބެތާނިޔާ ރަށާއި އަރާ ހަމަވި ހިނދު އެކަލޭގެފާނުގެ އަތްޕުޅު މައްޗަށް އުފުއްލަވާ އެމީހުންނަށް ބަރަކާތް ލެއްވިއެވެ.


އަސްޙާބީން އީސާގެފާނުގެ މައްޗަށް ހަމްދާއި ސަނާ ކިޔަމުން އުފާވެރި ކަމާއި އެކު އެނބުރި ޖެރޫސަލަމަށް ދިޔަ އެވެ.


”⁠އަހަރެން ހިފަހައްޓަން ނޫޅޭ!⁠“ އީސާގެފާނު ވިދާޅުވިއެވެ. ”⁠އަދިއެއް އަހަރެން ބައްޕާފުޅުގެ އަރިހަކަށް ނުދަން. ކަލޭ ގޮސް އަހަރެންގެ އަޚުން ހޯދާ! ގޮސް އެމީހުން ގާތު ބުނޭ، އަހަރެން މިދަނީ އަހަރެންނާއި ކަލޭމެންގެ ބައްޕާފުޅު، އަދި އަހަންނާއި ކަލޭމެންގެ ވެސް ކަލާނގެ އަރިހަށޭ.⁠“


އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ.


އެ ދަރިކަލުންނަކީ މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅެވެ. އެކަލާނގެ ޒާތުފުޅުގެ ނަކަލެވެ. މުޅި ކައުނު ހިފަހައްޓަވައި ދިރުން ދަމަހައްޓަވަނީ އެކަލޭގެފާނުގެ ބާރުފުޅުގަދަ ބަސްފުޅުންނެވެ. އެކަލޭގެފާނު އަހަރެމެންގެ ފާފަތަކުން ތާހިރުކޮށް ދެއްވުމަށް ފަހު އުޑަށް އަރާވަޑައިގެން އިށީނދެވަޑައިގަތީ ގަދަކީރިތިވަންތަ ރަސްކަލާނގެ ކަނާތްޕުޅު ފަރާތުގައެވެ.


އަހަރެމެންނާއެކު މަތިވެރިވެގެންވާ އުއްތަމަ އިމާމެއް އެބަ ހުންނެވިއެވެ. އެކަލޭގެފާނު ވަނީ އުޑަށް އަރާ ވަޑައިގެންފައެވެ. އެއީ އީސާގެފާނެވެ. އެކަލޭގެފާނަކީ މާތްރަސްކަލާނގެ ދަރިކަލުންނެވެ. އަހަރެމެން އެކަލޭގެފާނާ މެދު އީމާންވެތިބެ ބުނާ އިގްރާރުގެ ބަސްތަކުގެ މަތީ ސާބިތުވެ ތިބެންވީ އެހެންވީމައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ