Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:45 - ކިތާބުލް މުޤައްދަސާ

45 ދެން އެކަލޭގެފާނު އެމީހުންނަށް މާތްރަސްކަލާނގެ ބާވައިލެއްވި ފޮތްތަކުގައި ލިޔެވި ބަޔާންވެގެންވާ ބަސްފުޅުތަކުގެ މާނަ ވިސްނި އެނގުމުގެ ކުޅަދާނަކަން ދެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:45
13 ပူးပေါင်းရင်းမြစ်များ  

މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟


އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”⁠އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟⁠“


އަހަރެމެން ދެއްކި ވާހަކަ އަޑު އެހި އަންހެނުންގެ ތެރެއިން އެކަކީ އަގުބޮޑު ފޮތީގެ ވިޔަފާރި ކުރާ ލީދިޔާއޭ ނަމަކަށް ކިޔުނު ތިޔާތިރާގެ މީހެކެވެ. މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަންކޮށް އުޅުނު މީހެކެވެ. އެދުވަހު މާތްރަސްކަލާނގެ ޕައުލް ދައްކަމުން ދިޔަ ވާހަކަތައް އެހުމަށް އޭނާގެ ހިތް ތައްޔާރު ކުރެއްވިއެވެ.


ކަލޭ އެބައިމީހުންގެ ލޯތައް ހުޅުވާނޭ. އަދި އެމީހުން އަނދިރިކަމުން އަލިކަމަށް އަދި ޝައިތާނާގެ ބާރުގެ ދަށުން މާތްރަސްކަލާނގެ ބާރުގެދަށަށް އައުމަށް އެހީވެދޭނޭ. އޭރުން އެމީހުންގެ ފާފަތައް ޢަފޫކުރެއްވި ތިމަންކަލޭގެފާނުގެ ބަސްފުޅުތައް ގަބޫލު ކުރުމުގެ ސަބަބުން މާތްރަސްކަލާނގެ ޚާއްސަ މަޤާމެއް ދެއްވާފައި ވާ އެހެން މީހުންގެ ތެރެއިން އެމީހުން ވެސް ހިމެނޭނޭ.⁠‘⁠“


އެއީ އެއަލިކަމުގައި އެންމެހާ ތަކެތި ފެނިދެނިވެއެވެ. އެގޮތުން މުޤައްދަސް ފަތްފުށްތަކުގައި މިފަދައިން ބަޔާންކުރައްވާފައި ވެއެވެ. ”⁠ނިދާފައިވާ އިންސާނާ ނިކަން ހޭލާށޭ! މަރުވެފައިވާ މީހުންގެ މެދުން ތެދުވޭ. އަދި އަލްމަސީޙުގެ ނޫރުފުޅުން ތިބާގެ މައްޗަށް އަލިކަން ވިދާ ބަބުޅާނެ.⁠“


މާތްކަލާނގެ ދަރިކަލުން އީސާއަލްމަސީޙު ވަޑައިގަންނަވައި އަހަރެމެންނަށް ކަންކަން އޮޅުންފިލުވައި ދެއްވީ އަހަރެމެންނަށް ޙަޤީޤީ ކަލާނގެ އަހަރެމެންނާ ގުޅުވައި ދެއްވުމަށެވެ. އަދި އެކަލާނގެ ދަރިކަލުން އީސާ އަލްމަސީޙާ ގުޅި ލާމެހިގެންނެވުމުން އަހަރެމެން އުޅެމުން މިދަނީ ޙަޤީޤީ ކަލާނގެއާ ގުޅި ލާމެހިގެންނެވެ. ޙަޤީޤީ ކަލާނގެއަކީ މާތްރަސްކަލާނގެ އެވެ. ނިމުމެއްނުވާ ދިރިހުރުން ދެއްވަނީ ވެސް އެކަލާނގެއެވެ.


”⁠ފިލަދެލްފިޔާގެ މަސީޙީ ޖަމާޢަތުގެ މަލާއިކަތާއަށް ލިޔޭ: މި ޚަބަރަކީ މާތް އަދި ތެދުވެރި ފަރާތުން ދިން ޚަބަރެއް. ދާއޫދުގެފާނަށް މިލްކުވެގެންވީ ތަޅުދަނޑި ވަނީ އަހަރެންގެ އަތުގައި. އަދި އަހަރެން ދޮރެއް ހުޅުވައިފިނަމަ އެ ދޮރެއް ބަންދުކުރެވެނޭ ފަރާތެއް ނުހުންނާނެ. އަދި އަހަރެން ދޮރެއް ލައްޕައިފިނަމަ އެ ދޮރެއް ހުޅުވޭނޭ ފަރާތެއް ވެސް ނުހުންނާނެމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ