Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:4 - ކިތާބުލް މުޤައްދަސާ

4 މިބައިމީހުން މި ވީ ކީއްކަން ނޭނގި ހައިރާންވެފައި ތިއްބާ ކުއްލިއަކަށް އެތާނގައި ވާ ދެބޭކަލަކު އެމީހުންގެ ކައިރީގައި ވިއެވެ. މިބޭކަލުންގެ ހެދުންކޮޅު ވިދާ ބަބުޅަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:4
9 ပူးပေါင်းရင်းမြစ်များ  

އެ ހިނދު އެކަލޭގެފާނަށް ބޭރަށް ބައްލަވާލެވުނެވެ. އެވަގުތު ތިން ބޭކަލަކު އެކަލޭގެފާނަށް ފެންނަފަށުގައި ކޮއްޅަށް ތިއްބެވިތަން ފެނިލެއްވުމާއިއެކު، އެބޭކަލުންނާއި ބައްދަލު ކުރެއްވުމަށް އަވަސްވެ ވަޑައިގެންފިއެވެ. ދެން މޫނުފުޅު ބިންމަތީގައި ޖައްސަވާ އެކަލޭގެފާނު އެބޭކަލުންނަށް ސަޖިދަ ކުރެއްވިއެވެ.


އެހެންވެ، މިބައިމީހުން ޒިޔާރަތުގެ ތެރެއަށް ވަނެވެ. އެ ހިނދު ހުދުކުލައިގެ ރިދާކޮޅެއްގައި ވީ ޒުވާން ފިރިހެނަކު މިބައިމީހުންގެ ކަނާތް ފަރާތުގައި ވަނިކޮށް ފެނި އިންތިހާއަށް ބިރުގަތެވެ.


މާތްރަސްކަލާނގެ އެކަލާނގެ މަލާއިކަތަކު އެބައިމީހުންގެ ކައިރިއަށް ފޮނުއްވިއެވެ. އެވަގުތު އެމީހުންގެ ވަށައިގެން މަތިވެރި މާތްރަސްކަލާނގެ ނޫރުފުޅު ވިދަން ފެށިއެވެ. އެބައިމީހުން މިތަން ދެކެ ވަރަށް ބޮޑަށް ބިރުގަތެވެ.


މިތަން ދެކެ ގަތް ބިރުން މިއަންހެނުން އިސްޖެހި މަތި ބަލާލަން ވެސް ނުކެރިފައި ތިއްބެވެ. ނަމަވެސް މި ދެބޭކަލުން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠މީހުން މަރުވީމައި ގެނެވޭތާކަށް ކަލޭމެން ދިރި ހުރި މީހަކު ހޯދަން ތިޔަ އައީ ކީއް ކުރަން!؟


އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ.


ދެން ކުއްލިއަކަށް ވިދުވަރެއް ފަދަ އައްޔެއް އެ ގޮޅި ތެރެއަށް އެޅިގެންދިޔައެވެ. އަދި މާތްރަސްކަލާނގެ ފޮނުއްވި މަލާއިކަތަކު އެތާނގައިވިއެވެ. އެމަލާއިކަތާ ޕަތަރަސް ހޭލެއްވުމަށް އޭނާ ގައިގައި ކޮއްޓާލާފައި ވިދާޅުވިއެވެ. ”⁠އަވަސް ކުރޭ ތެދުވޭ.⁠“ އެވަގުތު ޕަތަރަސްގެ އަތުގައިވާ ހިލިހިލާ ނެއްޓުނެވެ.


އެއްވެސް ސުވާލެއް ނެތި އަހަރެމެންގެ އީމާންތެރިކަމުގެ ސިއްރަކީ މިއީ: އަލްމަސީޙު، އީސާގެފާނު ފުރިހަމަ އިންސާނެއްގެ ގޮތުގައި ފާޅުވެ ވަޑައިގެން މާތްރޫޙުފުޅުން އެކަލޭގެފާނުގެ މައުސޫމުކަން ދެއްކެވި ހިނދު މަލާއިކަތުންނަށް ފެނިވަޑައިގެންވިއެވެ. އަދި މި އުފާވެރި ޚަބަރު އެންމެހާ ވަންހަތަކަށް އިޢުލާން ކުރެވިގެން ދިޔައެވެ. މިދުނިޔޭގައި ބަޔަކު އެކަލޭގެފާނު ގަބޫލުކޮށް ތަބާވިއެވެ. އަދި އެކަލޭގެފާނު މަތިވެރި ޖަލާލަތާއެކު އުޑަށް އުފުއްލެވުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ