Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:39 - ކިތާބުލް މުޤައްދަސާ

39 އަހަރެންގެ އަތާއި ފައިތިލައަށް ބަލާ ބަލަ. މިއީ ޚުދު އަހަރެން. ކަލޭމެން އަހަރެންގެ ގައިގައި އަތްލަބަލަ. އޭރުން ކަލޭމެންނަށް އަހަރެންނަކީ ރޫޙެއް ނޫން ކަން ޔަޤީން ވާނެ. ރޫޙެއްގެ ހަށިގަނޑުގައި މަހާއި ކަށްޓެއް ނުވާނެ. ނަމަވެސް އަހަރެންގެ ހަށިގަނޑުގައި މަހާއި ކަށި ވާ ކަން އޭރުން ކަލޭމެންނަށް ޔަޤީން ވާނެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:39
12 ပူးပေါင်းရင်းမြစ်များ  

”⁠ބައްޕާ! އަހަރެންގެ ފުރާނަ ބައްޕައާއި ހަވާލު ކުރަން.⁠“ މިހެން ވިދާޅުވި ހިނދު އެކަލޭގެފާނުގެ ފުރާނަފުޅު އެކަލޭގެފާނުގެ ހަށިކޮޅާއި ވަކިވެއްޖެއެވެ.


މިހެންވެ އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެން ތިޔަހާ ބޮޑަށް ތިޔަ ބިރުގަންނަނީ ކީއްވެ؟ އަހަރެން ދިރި ހުރި ތަން ދެކެ އެކަން ގަބޫލު ކުރަން ތިޔަހާ ބޮޑަށް އުނދަގޫވީ ކީއްވެ؟


ދެން އެކަލޭގެފާނު އެކަލޭގެފާނުގެ އަތްޕުޅާއި ފައިތިލަފުޅު އެބައިމީހުންނަށް ދެއްކެވިއެވެ.


ދެން އީސާގެފާނު އެކަލޭގެފާނުގެ އަތްތިލަފުޅުގަޔާއި އަރިކަށިފުޅުގައިހުރި ޒަޚަމުތަކުގެ ނިޝާން އެމީހުންނަށް ދެއްކެވިއެވެ. އެމީހުންނަށް މާތްސާހިބާ ފެނުމުން އުފަލުން ފުރުނެވެ.


އަސްޙާބީން އޭނާ ގާތު ބުންޏެވެ. ”⁠އަހަރެމެން މާތްސާހިބާ ދެކެފިން.⁠“ ނަމަވެސް އޭނާ ބުންޏެވެ. ”⁠އަހަރެން އެކަލޭގެފާނުގެ އަތްޕުޅުގައި މޮހޮރު ޖެހުނު ޒަޚަމްތައް ދެކެ އެތަނުގައި އަތްލާ އެކަލޭގެފާނު އަރިކަށިފުޅުގައިހުރި ޒަޚަމުގައި އަތްނުލަނީސް އަހަރެން ތިޔަކަމެއް ގަބޫލެއް ނުކުރާނަން.⁠“


ދެން އީސާގެފާނު ތޯމާސްއަށް ވިދާޅުވިއެވެ. ”⁠އަހަރެންގެ އަތުގައި އަތްލާ ބަލާބަލަ. މަގޭ އަރިކަށީގައި ވާ ޒަޚަމުތަކުގެ ނިޝާންތަކުގައި އަތްލަބަލަ. ޝައްކު ކުރުން ދޫކޮށްލާ. ގަބޫލުކޮށް އީމާންވޭ!⁠“


އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.


މާތްރަސްކަލާނގެއީ އަހަރެމެންގެ ފުރާނައިގެ ހިތްހަމަޖެހުމުގެ ވަސީލަތް ކަމަށްވާ ކަލާނގެއެވެ. އެކަލާނގެ ތިޔަބައިމީހުން ފުރިހަމައަށް ތާހިރުކޮށް ދެއްވާށިއެވެ. އަދި މާތްސާހިބާ އީސާ އަލްމަސީޙު އެނބުރި ވަޑައިގެންނެވުމަށް ދާންދެން ތިޔަބައިމީހުން މުޅި ރޫޙާއި ފުރާނަ އަދި ޖިސްމު ފުރިހަމައަށް ރައްކާތެރި ކުރެވި ބަދުނާމުތަކުން އެއްކިބާ ކުރައްވާށިއެވެ.


އަހަރެމެންގެ އިންސާނީ ބައްޕަ އަހަރެމެންނަށް އަދަބު ދެއްވުމުން ވެސް އަހަރެމެން ކުރަނީ އިޙުތިރާމެވެ. ވީއިރު އަހަރެމެންގެ ރޫހާނީ ބައްޕައަށް މާބޮޑަށް ވެސް ބޯލަނބައި ދާއިމީ ދިރިއުޅުމެއް ލިބި ނުގަންނަންވީ ކީއްވެހެއްޔެވެ؟


އަހަރެމެން ތިޔަބައިމީހުންނަށް އިޢުލާނު ކުރަމުން މިގެންދަނީ މީސްތަކުންނަށް ދިރުން ލިބިދޭ ބަސްފުޅެވެ. އެހެނީ ފެށުމުގައި ވެސް އެކަލޭގެފާނު ވޮޑިގެންވިއެވެ. އަހަރެމެންނަށް އެކަލޭގެފާނު ބަސްވިދާޅުވި އަޑު އިވުނެވެ. އަހަރެމެންގެ ލޯތަކަށް އެކަލޭގެފާނު ފެނިފައިވިއެވެ. އަދި އެކަލޭގެފާނު ކުރެއްވި ތަފާތު ކަންތައްތައް އަހަރެމެންގެ ހަމަ ލޮލުން ދުށީމެވެ. ހަމައެހެންމެ އަހަރެމެންގެ އަތްތަކުން އެކަލޭގެފާނުގެ ހަށިކޮޅުގައި އަތްލީމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ