33 އެމީހުން ހަމަ އެވަގުތު ޖެރޫސަލަމަށް އެނބުރި އައުމަށް ދަތުރު ފެށިއެވެ. މި ދެމީހުން އެނބުރި އައިރު އެގާރަ އަސްޙާބީންނާއި އެމީހުންނާއި އެކުގައި ވީ އެންމެން އެއްތާކު ތިއްބާ ދިމާވިއެވެ.
އެބޭކަލުން އެނބުރި އައިސް އެހެނިހެން އަސްޙާބީންނަށް މި ވާހަކައިން ޚަބަރު ދިނެވެ. ނަމަވެސް މިކަން ގަބޫލުކުރުމަށް އެބޭކަލުން ފަސްޖެހުނެވެ.
މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.