ލޫކާސް 24:32 - ކިތާބުލް މުޤައްދަސާ32 އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”އެކަލޭގެފާނު މިއައި މަގުމަތީ އަހަރެމެންނާއި ވާހަކަ ދައްކަވާ ފޮތްތަކުގައި އެކަލޭގެފާނާއި ބޭހެގޮތުން ލިޔެވިގެން ވީ ބަސްފުޅުތައް އަހަރެމެންނަށް ތަފްސީލު ކޮށްދެއްވި އިރު އަޅެ އަހަރެމެންގެ ހިތުގައި ފުން އިހުސާސްތަކެއް އިހުސާސް ކުރެވުމަކުން ނުދޭ ތަ؟“ အခန်းကိုကြည့်ပါ။ |
ދެން އެމީހުން ވަކި ދުވަހެއް ކަނޑައަޅާ ނިންމާ ޕައުލް ހުރިގެއަށް އައެވެ. އެދުވަހު އެގެއަށް އެތައް ބަޔަކު އެއްވިއެވެ. ހެނދުނުން ފެށިގެން އިރުއޮއްސެން ދެން ޕައުލް އެމީހުންނާއި ވާހަކަ ދެއްކިއެވެ. މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅާ އަދި އެހެނިހެން ރަސޫލުންނާއި ނަބީބޭކަލުންނެއް މެދުވެރިކޮށް މާތްރަސްކަލާނގެ އެންގެވި ބަސްފުޅުތައް ލިޔެވިގެންވާ ފޮތްކޮޅުތައް ބޭނުންކޮށްގެން ޕައުލް އެމީހުންނަށް މާތްރަސްކަލާނގެ ރަސްކަންފުޅާއި އަދި އީސާގެފާނާއި ބެހޭ ގޮތުން އަންގައިދީ އެއީ ތެދުކަން ހާމަކޮށްދީ ހެދިއެވެ.
މާތްރަސްކަލާނގެ ބަސްފުޅު އަދިވެސް ދިރި އެބައޮތެވެ. ބާރުފުޅު ވެސް ގަދައެވެ. އެ ބަސްފުޅު ދެމިޔަލީ ކަނޑިޔަކަށް ވުރެން ވެސް ތޫނެވެ. އެ ކަނޑިން އަހަރެމެންގެ ހުޅުތަކާއި ކަށީގެ މަދާއި ފުރާނައާއި ރޫޙު ގުޅޭ ހިސާބު ކަނޑައި ވަކިކޮށްލައެވެ. އަދި އަހަރެމެންގެ ހިތްތަކުގެ ފުންމިނުގައިވާ ޚިޔާލުތަކާ އެދުންތަކާ މެދު ވެސް އިންސާފު ގާއިމު ކުރެއެވެ.