31 ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ.
އެ ހިނދު މީސްތަކުންނަށް އީސާގެފާނު ހުންނެވިކަން އެނގުމުން މުޅި އެ ހިސާބުގައި ތިބި އެންމެހައި މީސްތަކުންނަށް އީސާގެފާނު ވަޑައިގެން ހުންނެވި ޚަބަރު ދިނެވެ. އަދި އެބައިމީހުންގެ އެންމެހައި ބަލިމީހުން އެކަލޭގެފާނުގެ އަރިހަށް ގެނައެވެ.
ނަމަވެސް އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން ނޭނގޭނެ ފަދައިން އެމީހުންގެ ލޯތައް ވަނީ ބަންދު ކުރެވިފައެވެ.
ނަމަވެސް އީސާގެފާނު އެހުރިހާ އެންމެންގެ ކުރިމަތިން ލާފައި ކުރިޔަށް ވަޑައިގެންނެވިއެވެ.
އީސާގެފާނު މިހެން ވިދާޅުވުމުން އެމީހުން އެކަލޭގެފާނުގެ ގައިކޮޅަށް އުކުމަށް ގާބުރިތައް ނެގިއެވެ. ނަމަވެސް އީސާގެފާނު އެމީހުންގެ ލޯމަތިން ޣައިބުވެ ވަޑައިގެން ބައިތުލް މަޤްދިސުން ވަޑައިގެންފިއެވެ.