3 އެބައިމީހުން އެތެރެއަށް ވަދެ ބެލި އިރު މަތިވެރި މާތްސާހިބާ އީސާގެފާނުގެ ހަށިކޮޅެއް އެތަނަކު ނުވެއެވެ.
އީސާގެފާނުގެ އަސްޙާބީން ކަނޑުގެ އަނެއްފަރާތަށް ހުރަސްކުރި ހިނދު އެބޭކަލުން ހަނދާންނެތިގެން ބޯރޮށި ނުގެންދެވުނެވެ.
މިމީހުން އެހޮހަޅަ ހުރި ހިސާބަށް ދިޔައިރު އެތާގެ އަނގަމަތީ ހުރަސް ކުރެވިފައިވާ ބޮޑު މާ ސިންގާ ހިލަ ވަނީ އެއްފަރާތަކަށް ފުރޮޅާ ލެވިފައެވެ.
ނަމަވެސް އެމީހުންނަކަށް އެތަނުން އެކަލޭގެފާނުގެ ހަށިކޮޅެއް ނުފެނުނު. އެމީހުން އެނބުރި އައިސް ބުނީ އެތަނުން އެމީހުންނަށް ފެނުނީ ދެ މަލާއިކަތް ބޭކަލުން ކަމުގަ. އަދި އެބޭކަލުން އެމީހުން ކައިރީ ބުނީ އީސާގެފާނު ވަނީ މަރުވެފަ ނޫން ކަމުގައި އެކަލޭގެފާނު ދިރި ހުންނެވި ކަމުގަ.
މާތްސާހިބާއަށް މިކަނބުލޭގެ ފެނި ވަޑައިގަތްހިނދު ވަރަށް ދެރަފުޅުވިއެވެ. އަދި އެކަނބުލޭގެއަށް ވިދާޅުވިއެވެ. ”ނުރޮއެ.“
އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި ވާން ވާނެ.