Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:28 - ކިތާބުލް މުޤައްދަސާ

28 އެމީހުން ދަތުރުކޮށް ދާން ދިޔަ ރަށާއި ކައިރި ވުމުން އީސާގެފާނު އެމީހުންނާ ވަކިވެ އެކަލޭގެފާނުގެ މަގުގައި ކުރިއަށް ވަޑައިގަންނަވަން އުޅުއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:28
5 ပူးပေါင်းရင်းမြစ်များ  

ލޫޠުގެފާނު ވިދާޅުވިއެވެ. ”⁠އަޅުގަނޑުމިއީ ތިޔަ ބޭކަލުންގެ ޚާދިމަކީން. ތިޔަ ބޭކަލުން ފެންވަރާ ނިދިކުރެއްވުމަށް އަޅުގަނޑުގެ ގެއަށް މެހެމާނުންގެ ގޮތުގައި ދުރުވޭ. މާދަމާ އިރުއެރުމުން ތިޔަބޭކަލުންގެ މަގުގައި ކުރިއަށް ދުރުވޭ.⁠“ އެމަލާއިކަތުން ވިދާޅުވިއެވެ. ”⁠ނޫން އަހަރެމެން މިރަށުގެ މައިދާނުގައި މިރޭ މަޑުކޮށްލަފާނަން.⁠“


އެ ހިނދު އެމީހާ ޔަޢުޤޫބުގެފާނަށް ދެންނެވިއެވެ. ”⁠އަހަރެން ދިޔަ ދެއްވާ! މިހާރު އިރުއަރަން ކައިރިވެއްޖެ.⁠“ ނަމަވެސް ޔަޢުޤޫބުގެފާނު ވިދާޅުވިއެވެ. ”⁠އަހަރެންގެ މައްޗަށް ބަރަކާތްލައި ނުދޭހާ ހިނދަކު އަހަރެން ތިބާ ދިޔަކަ ނުދޭނަން.⁠“


ޔޫސުފުގެފާނަށް އެކަލޭގެފާނުގެ އަޚުން ފެނިވަޑައިގެންނެވި ހިނދު އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިގެންނެވިއެވެ. ނަމަވެސް އެބައިމީހުންނަށް ޔޫސުފުގެފާނެއް ނޭނގެއެވެ. ހަމައެހެންމެ ޔޫސުފުގެފާނު ވެސް އެކަލޭގެފާނަށް އެބައިމީހުން އެނގިވަޑައިނުގަންނަވާކަމަށް ހެއްދެވިއެވެ. އަދި ވަރަށް ހަރުކަށި ރާގަކާއި އަޑުފުޅަކުން މިފަދައިން އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ކޮށް ރަށަކުން އައި ބައެއް؟⁠“ އެބައިމީހުން ޖަވާބުގައި ދެންނެވިއެވެ. ”⁠އަޅުގަނޑުމެންނަކީ ގޮވާން ގަތުމަށްޓަކައި ކަންޢާނުން އައި ބަޔަކީމު.⁠“


ވައިގަދަވެ ރާޅު ބޮޑުވުމުގެ ސަބަބުން ސަލާމަތް ވުމަށްޓަކައި އެކަލޭގެފާނުގެ އަސްޙާބީން މަރުފަލިޖަހަމުން ދިޔަ ތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. މިކަން ހިނގީ ފަތިސްދަމާއި ގާތްވެފައިވާ ވަގުތެއްގައެވެ. އެ ހިނދު އެކަލޭގެފާނު ފެންމަތީގައި ހިންގަވަމުން އަސްޙާބީން ފަސްދެއްވާ ވަޑައިގެންނެވިހިނދު އެބޭކަލުންނަށް އެކަލޭގެފާނު ފެންމަތީގައި ހިންގަވާވަޑައިގަންނަވަނިކޮށް ފެނުމުން އެއީ ފުރޭތައެއް ކަމުގައި ހީކޮށް ބިރުން ހަޅޭލަވަމުން ގެންދިޔައެވެ.


ނަމަވެސް އެމީހުން އެކަލޭގެފާނު މަޑުކުރުވުމަށް ގަދައަޅާ މަސައްކަތް ކުރިއެވެ. އެމީހުން ބުންޏެވެ. ”⁠މިހާރު މިއޮއް އިރުއޮއްސެނީ. ދުވާލުގެ އަލިކަން ކެނޑެނީ. އަހަރެމެންނާއި އެކު މިތާ މިރޭ މަޑުކުރޭ.⁠“ ދެން އެކަލޭގެފާނު އެމީހުންނާއި އެކު ވަޑައިގެންނެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ