ލޫކާސް 24:26 - ކިތާބުލް މުޤައްދަސާ26 މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟“ အခန်းကိုကြည့်ပါ။ |
އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.
އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.
އެންމެހައި ޙަމްދާއި ޘަނާއެއް ޙައްޤުވެގެން ވަނީ މާތްސާހިބާ އީސާ އަލްމަސީޙުގެ ބައްޕާފުޅު، މާތްރަސްކަލާނގެއަށެވެ. އަހަރެމެންނަށް އާ އުފަންވުމެއް ދެއްވީ އެކަލާނގެ މަތިވެރި ރަޙުމަތްފުޅުންނެވެ. އީސާ އަލްމަސީޙު އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އަލުން ދިރިވަޑައިގެންނެވިކަމުން މިއަދު އަހަރެމެން ވޭތުކުރަމުން މިގެންދަނީ އުންމީދުން ފުރިފައިވާ ޙަޔާތެކެވެ.