2 މިމީހުން އެހޮހަޅަ ހުރި ހިސާބަށް ދިޔައިރު އެތާގެ އަނގަމަތީ ހުރަސް ކުރެވިފައިވާ ބޮޑު މާ ސިންގާ ހިލަ ވަނީ އެއްފަރާތަކަށް ފުރޮޅާ ލެވިފައެވެ.
ކުއްލިއަކަށް ވަރަށް ވަރުގަދަ ބިންހެލުމެއް އައެވެ. މާތްރަސްކަލާނގެ މަލާއިކަތަކު އުޑުން ބިމަށް ވަޑައިގެން ހޮހަޅައިގެ ކައިރިއަށް ވަޑައިގަތެވެ. އަދި ހޮހަޅައިގެ ވަންނަ ދޮރުމަތީގައިވާ ހިލަ ފުރޮޅާލެއްވުމަށް ފަހު އެ ހިލައިގެ މަތީގައި އެ މަލާއިކަތާ އިށީނދެވަޑައިގެން އިންނެވިއެވެ.
އާދީއްތަ ދުވަހުގެ ވަރަށް ފަތިހު މިއަންހެނުން އީސާގެފާނުގެ ހަށިކޮޅު ވެޑުވިފައިވާ ހޮހަޅައިގެ ކައިރިއަށް ދިޔަ އެވެ. އީސާގެފާނު ކަފުން ކުރުމަށްޓަކައި މިބައިމީހުން ތައްޔާރު ކުރި މީރުވަސް ދުވާ ތަކެތި މިބައިމީހުންނާއި އެކު ގެނައެވެ.
އެބައިމީހުން އެތެރެއަށް ވަދެ ބެލި އިރު މަތިވެރި މާތްސާހިބާ އީސާގެފާނުގެ ހަށިކޮޅެއް އެތަނަކު ނުވެއެވެ.
އީސާގެފާނުގެ ހިތްޕުޅަށް އަނެއްކާވެސް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ. ދެން އެކަލޭގެފާނު ލާޒަރުގެ މަހާނަދޮށަށް ވަޑައިގެންނެވިއެވެ. އެ މަހާނަ ވަނީ ފަރުބަދައެއްގެ އަރިމަތީގައިވާ ހޮހަޅައެއްގައެވެ. އެހޮހަޅައިގެ އަނގަމަތީގައި ވަރަށް ބޮޑު ހިލައެއް ޖެއްސިފައި ވިއެވެ.
ދެން އެމީހުން އެތަނުގައި ޖައްސާފައިވީ ހިލަ އެއްފަރާތަކަށް ފުރޮޅާލިއެވެ. އެވަގުތު އީސާގެފާނު މައްޗަށް ބައްލަވާފައި މިފަދައިން ވިދާޅުވިއެވެ. ”ބައްޕާފުޅު އަޅުގަނަޑުގެ ދުޢާ އެއްސެވީތީ ހަމްދާ ޝުކުރު ކުރަން.