Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:16 - ކިތާބުލް މުޤައްދަސާ

16 ނަމަވެސް އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން ނޭނގޭނެ ފަދައިން އެމީހުންގެ ލޯތައް ވަނީ ބަންދު ކުރެވިފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:16
8 ပူးပေါင်းရင်းမြစ်များ  

ޔޫސުފުގެފާނަށް އެބައިމީހުންނީ އެކަލޭގެފާނުގެ އަޚުންކަން އެނގިވަޑައިގަންނަވައެވެ. ނަމަވެސް އެބައިމީހުންނަށް އެކަލޭގެފާނީ ކާކުކަމެއް ނޭނގެއެވެ.


މިއަށް ފަހު އީސާގެފާނު ތަފާތު އެހެން ޙާލަތެއްގައި އެކަލޭގެފާނުގެ ދެ އަސްޙާބީންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެއީ މި ދެ އަސްޙާބީން ޖެރޫސަލަމް ދޫކޮށް ރަށުތެރެއަށް ދާން ހިނގަމުން ދިޔަ މަގުމަތީގައެވެ.


މި ދެމީހުން މި ވާހަކަތައް ދައްކަމުން ގެންދިޔައިރު ޚުދު އީސާގެފާނު އެމީހުންނާއި އެކު ހިންގަވައި ވަޑައިގަންނަވަމުން ދިޔައެވެ.


އެކަލޭގެފާނު އެމީހުން ކުރެން ސުވާލު ކުރެއްވިއެވެ. ”⁠ކަލޭމެން ދެމީހުން ދަތުރުކޮށް ދަމުން ތިޔަ ދައްކަނީ ކޮން ވާހަކައެއް؟⁠“ އެމީހުން ވަގުތުން ހިނގުން ހުއްޓާލާފައި ދެރަވެ އިސް ދަށަށް ޖަހައިގެން ތިއްބެވެ.


ދެން އެމީހުންގެ ލޯހުޅުވި އެމީހުންނަށް އެކަލޭގެފާނަކީ ކާކުކަން އެނގުނެވެ. ނަމަވެސް ހަމަ އެވަގުތު އީސާގެފާނު އެމީހުންގެ ކުރިމަތިން ޣައިބު ވެއްޖެއެވެ.


ދެން އޭނާ ފަހަތަށް އެނބުރި ބަލާލިއިރު އޭނާގެ ފުރަގަހުގައި މީހަކު ހުއްޓެވެ. އެއީ އީސާގެފާނެވެ. ނަމަވެސް އޭނާއަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ.


އިރުއަރަނިކޮށް އީސާގެފާނު އެ އައްސޭރިއަށް ވަޑައިގަންނެވިއެވެ. ނަމަވެސް އަސްޙާބީންނަކަށް އެއީ އެކަލޭގެފާނު ކަމެއް ނޭނގުނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ