13 ހަމަ އެދުވަހު އީސާގެފާނުގެ އަސްޙާބީންގެ ތެރެއިން ދެމީހަކު ޖެރޫސަލަމާއި ގާތްގަނޑަކަށް ހަތް މޭލު ދުރުގައި ވާ ރަށެއް ކަމުގައިވާ އެމާއުސްއަށް ދިއުމަށް ދަތުރު ފެށިއެވެ.
އެދެމީހުން މި ވެދިޔަ ކަންތައްތަކާއި ބެހޭގޮތުން ވާހަކަ ދައްކަމުން ގެންދިޔައެވެ.
ދެން އެދެމީހުންގެ ތެރެއިން ކިއޮޕާސް އޭ ނަމަކަށް ކިޔާ މީހާ ބުންޏެވެ. ”މިދިޔަ ދުވަސްތަކުގައި ޖެރޫސަލަމުގައި ހިނގާނިމިދިޔަ ކަންތައްތަކެއް ފަހެ ކަލެއަކަށް ނޭނގޭތަ؟ ކަލޭ ތިޔައީ ދަތުރެއްގައި މިރަށަށް އައި ބީރައްޓެއްސަކީ ތަ؟“