Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 24:11 - ކިތާބުލް މުޤައްދަސާ

11 ނަމަވެސް އީސާގެފާނުގެ މަންދޫބުންނަށް މި އަންހެނުން މިކިޔައިދިން ވާހަކަތައް ގަބޫލެއް ނުކުރެވުނެވެ. އެއީ މި ވާހަކަތަކަކީ ތާކުންތާކު ނުޖެހޭ ކަހަލަ ވާހަކަތަކެއް ހެން ހީވާތީއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 24:11
10 ပူးပေါင်းရင်းမြစ်များ  

ދެން ލޫޠުގެފާނު އެކަލޭގެފާނުގެ އަންހެންދަރިންނާއި އިނުމަށް ހަމަޖެހިފައިވާ ފިރިހެންކުދިންގެ ގާތަށް ގޮސް ބުންޏެވެ. ”⁠އަވަސްކުރޭ އަވަހަށް މިރަށުން ބޭރަށް ދޭ. މާތްރަސްކަލާނގެ އެއުޅުއްވަނީ މިރަށް ނެތިކޮށްލައްވަން.⁠“ ނަމަވެސް އެޒުވާން ފިރިހެނުން ލޫޠުގެފާނުގެ ބަސްފުޅަކަށް އަޅައެއް ނުލިއެވެ. އެމީހުން ހީކުރީ އެކަލޭގެފާނު ސަމާސައެއް ކުރައްވަނީ ކަމަށެވެ.


އަދި އެކަނބުލޭގެއަށް އީސާގެފާނު ފެނިވަޑައިގަންނަވާ ދިރިދުނިޔޭގައި ހުންނެވި ޚަބަރު އެބޭކަލުން އެހި ނަމަވެސް މިކަން އެބޭކަލުން ގަބޫލެއްނުކުރެއެވެ.


އެބޭކަލުން އެނބުރި އައިސް އެހެނިހެން އަސްޙާބީންނަށް މި ވާހަކައިން ޚަބަރު ދިނެވެ. ނަމަވެސް މިކަން ގަބޫލުކުރުމަށް އެބޭކަލުން ފަސްޖެހުނެވެ.


އެންމެފަހުން، އީސާގެފާނު އެކަލޭގެފާނުގެ އެގާރަ އަސްޙާބީން ކާންތިއްބާ އެބޭކަލުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެންނެވިއެވެ. އެ ހިނދު އެބޭކަލުންގެ އީމާންތެރިކަން ނެތުމުގެ ސަބަބުން އެކަލޭގެފާނު ފާޑު ވިދާޅުވިއެވެ. އަދި އެއީ އެކަލޭގެފާނު އަވަހާރަވެ ވަޑައިގަތުމަށް ފަހު އަލުން އަނބުރާ ފުރާނައެޅި ދިރިވަޑައިގެންނެވި ކަން ގަބޫލުނުކޮށް ކަނޑައެޅިގެން އިންކާރުމުގެ ސަބަބުން ވެސް މެއެވެ.


އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ވަރަށް މޮޔަ ބައެއް. ނަބީބޭކަލުން ދެއްކެވި ވާހަކަފުޅުތައް ވެސް ގަބޫލުކުރަން ކަލޭމެންނަށް ވަރަށްގިނަ ވަގުތު ނަގާ.


އެބައިމީހުން މިކަމާއި ވަރަށް ބޮޑަށް އަޖައިބު ވެ އުފާވީ ނަމަވެސް މިކަން ގަބޫލު ކުރަން ދަތި ވިކަން އެނގިވަޑައިގެން އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”⁠އަހަންނަށް ކާ އެއްޗެއް ދީފާނަންތަ؟⁠“


ޕަތަރަސް މަލާއިކަތާ އާއި އެކު ދިޔައެވެ. ނަމަވެސް އޭނާއަށް އެމަލާއިކަތާ އެކުރެއްވި ކަންތައް އެއީ ޙަޤީޤަތެއް ކަމެއް ނޭނގެއެވެ. އޭނާ ހީކުރީ މިހުރިހާ ކަމަކީ ހުވަފެނެއް ފަދަ ކަމެއްކަމުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ