ލޫކާސް 23:9 - ކިތާބުލް މުޤައްދަސާ9 ހެރޮދު އީސާގެފާނު ކުރެން ވަރަށް ގިނަ ސުވާލުތައް ކުރިއެވެ. ނަމަވެސް އެއިން އެއްވެސް ސުވާލަކަށް އީސާގެފާނު ޖަވާބެއް ނުދެއްވައެވެ. အခန်းကိုကြည့်ပါ။ |
އެކަލޭގެފާނު ޖަވާބުދެއްވިއެވެ. ”އެ ހީލަތްތެރިޔާ ކައިރީ ބުނޭ. މިއަދާއި މާދަމާ އަހަރެން ޖިންނީގެ ބާރުގެ ދަށުވެފައިވާ މީހުން އެޖިންނީންގެ ފަރާތުން ސަލާމަތްކޮށް ބަލި މީހުންގެ ބަލިތައް ފަސޭހަކޮށްދީ ހަދާނަން. އަދި ތިންވަނައަށް ވާ ދުވަހު އަހަރެން ކަންތައް ކުރުމަށް ނިންމާފައިވާ ފަދައިން ކަންތައްކޮށް ނިންމާނަން.
އެކަލޭގެފާނު ބަދުނާމު ކުރެއްވުމަކުން އެކަމުގެ ބަދަލެއް ނުހިއްޕަވައެވެ. އެކަލޭގެފާނު ވޭނާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމުން މީސްތަކުންނަށް ބިރެއް ނުދައްކަވައެވެ. އެކަލޭގެފާނާއި މެދުގައި ވީ ކަންތައް ތަކާއިމެދު ފައިސަލާ ކުރެއްވުމަށް މާތްރަސްކަލާނގެ އާއި ވަކީލު ކުރެއްވިއެވެ. އެކަލާނގެއީ އަބަދުވެސް އިންސާފުވަންތަ ރަސްކަލާނގެއެވެ.