ލޫކާސް 23:54 - ކިތާބުލް މުޤައްދަސާ54 މިއަދަކީ ސަބަތުގެ ދުވަހަށް ތައްޔާރު ކުރާ ދުވަހެވެ. އަދި މިހާރު ސަބަތުގެ ދުވަހަށް އިރު އޮއްސެން ވަނީ ވަރަށް ކައިރި ވެފައެވެ. အခန်းကိုကြည့်ပါ။ |
އެދުވަހަކީ މާތްވެގެންވާ ސަބަތުގެ ދުވަހަށް ބަނީއިސްރާއީލު މީހުން ތައްޔާރުވާ ދުވަހެވެ. އަދި އިރު އޮއްސުމާއި ގާތްވެފައި ވަނިކޮށް އަރިމާތެއާގެ ރައްޔިތެއް ކަމުގައިވާ ޔޫސުފު ޖެހިލުމެއްނެތި ޕިލާތުސްގެ ކައިރިއަށް ގޮސް އީސާގެފާނު ފަސްދާނު ލެއްވުމަށްޓަކާ އެކަލޭގެފާނުގެ ހަށިކޮޅު ދިނުމަށް އެދުނެވެ. މި ޔޫސުފަކީ ބަނީ އިސްރާއީލުގެ ދީނީ ކޯޓުގައި ޤަދަރުވެރި މީހަކަށް ވެފައި އޭނާއަކީ މާތްރަސްކަލާނގެ ރަސްކަންފުޅު އަންނަ ވަގުތެއްގެ އިންތިޒާރީގައި ހުރި މީހެއްމެއެވެ.
ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ.
އެދުވަހުގެ އިރުއޮއްސުމާއެކު ޚާއްސަ ސަބަތުގެ ދުވަސް ފެށޭނެތީ ސަލީބަށް އެރުވިފައި ތިބި މީހުން އިރު އޮއްސެންދެން ސަލީބުގައި ބައިތިއްބާކަށް ބަނީއިސްރާއީލުގެ ވެރިން ބޭނުމެއް ނުވިއެވެ. އެހެން ކަމުން އެމީހުން ޕިލާތުސްގެ ކިބައިން އެދުނީ ސަލީބަށް އެރުވިފައިތިބި މީހުން މަރުވުން އަވަސް ކުރުމަށް އެމީހުންގެ ފައިތައް ބިންދާލުމަށެވެ.