Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:53 - ކިތާބުލް މުޤައްދަސާ

53 ދެން އޭނާ އެކަލޭގެފާނުގެ ހަށިކޮޅު ސަލީބުން ތިރިކޮށް އެންމެ އަގުބޮޑު ފޮތީގެ ފޮތިގަނޑަކުން އެހަށިކޮޅު ނިވާކޮށް ކަފުންކުރުމަށްޓަކައި ގެންދިޔައެވެ. ފަރުބަދާގައި ހަދައިފައިވާ ހޮހަޅައެއް އެތާނގައި ވިއެވެ. އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފަ އަދި ނުވެއެވެ. ޔޫސުފު އީސާގެފާނުގެ ހަށިކޮޅު އެހޮހަޅައިގެ ތެރޭގައި ވެޑުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:53
7 ပူးပေါင်းရင်းမြစ်များ  

ދެން ޔޫސުފު ހުދު ފޭރާމުގެ ކަފުންފޮތި ގަނެގެން އައިސް ސަލީބުން އީސާގެފާނު ތިރި ކުރައްވައި އެ ފޮތިން އެކަލޭގެފާނުގެ ހަށިކޮޅު ނިވާކޮށް ކަފުންކުރުމަށް ފަހު ފަރުބަދަ ކަނޑައިގެން ހަދާފައިވާ މަގުބަރާއެއްގެ ތެރޭގައި އެކަލޭގެފާނު ވެޑުވިއެވެ. އަދި މި މަގުބަރާއަށް ވަންނަ ދޮރު ހުރަސްވާގޮތަށް ބޮޑު ހިލައެއް އޭނާ ބޭއްވިއެވެ.


މިޔޫސުފު ޕިލާތުސްގެ ގާތަށް ގޮސް އީސާގެފާނު ފަސްދާން ލެއްވުމަށްޓަކައި އެކަލޭގެފާނުގެ ހަށިކޮޅަށް އެދުނެވެ.


މިއަދަކީ ސަބަތުގެ ދުވަހަށް ތައްޔާރު ކުރާ ދުވަހެވެ. އަދި މިހާރު ސަބަތުގެ ދުވަހަށް އިރު އޮއްސެން ވަނީ ވަރަށް ކައިރި ވެފައެވެ.


އީސާގެފާނު ސަލީބަށް އެރުވުނު ތަނާ މާކަ ދުރު ނޫން ހިސާބެއްގައި އޮންނަ ބަގީޗާއެއްގައި މީހުން ވަޅުލުމަށްޓަކައި ހެދިފައިވާ ހޮހަޅައެއް ހުރެއެވެ. އޭރު އަދި އެތާނގައި އެއްވެސް މީހަކު ވަޅު ލެވިފައެއް ނުވެއެވެ.


އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ