Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:50 - ކިތާބުލް މުޤައްދަސާ

50-51 ޖުދެއާ ކަރައިގެ އަރިމާތެއާ ރަށުން އައި ޔޫސުފު އޭ ނަމަކަށް ކިއުނު މީހަކު އެތާނގައި ވިއެވެ. މިޔޫސުފު އަކީ ތެދުވެރި ޞާލިޙު މީހެކެވެ. އޭނާއަކީ ވެސް މާތްރަސްކަލާނގެ ރަސްކަންފުޅު ފާޅުވާނެ ދުވަހުގެ އިންތިޒާރުގައި ހުރި މީހެކެވެ. އޭނާއަކީ ބަނީއިސްރާއީލު ދީނީކޯޓުގެ މެމްބަރަކު ކަމުގައި ވީ ނަމަވެސް އީސާގެފާނާއި ދޭތެރޭ ބަނީއިސްރާއީލުގެ ވެރިން މިނިންމި ނިންމުމާއި ކަންތައް ކުރި ގޮތާއި އޭނާ އެއްބަހެއް ނުވެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:50
8 ပူးပေါင်းရင်းမြစ်များ  

އެދުވަސްވަރު ސިމިއޯން އޭ ކިޔުނު މީހަކު ޖެރޫސަލަމުގައި އުޅުނެވެ. މީނާއަކީ މާތްރަސްކަލާނގެ އަމުރުފުޅުތަކާއި ގަވާއިދުތަކަށް ކިޔަމަން ވާ ތެދުވެރި ކަމާއިއެކު އެކަންތައްތައް އަދާކުރަމުން ގެންދާ މީހެކެވެ. އޭނާ ހުރީ ބަނީއިސްރާއީލު މީހުންގެ އުނދަގޫތައް ލުއިކޮށްދެއްވުމަށް ވަޑައިގަންނަވާނެ ކަލޭގެފާނުގެ އިންތިޒާރުގައެވެ. މާތްރޫޙުފުޅުގެ އެހީފުޅު އޭނާއާއި އެކުގައިވިއެވެ.


މީނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެގެން އުޅުނު ޞާލިޙު މީހެކެވެ. އޭނާއާއި އޭނާއާއި އެކު އޭނާގެ ގޭގައި އުޅޭ އެންމެން ވެސް ހަމައެކަނި ތެދު ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ ކިބައަށް އަޅުކަން ކުރެއެވެ. އޭނާގެ އަތުގައިވާ މުދަލާއި ފައިސާގެ ގިނަބައެއް ވެސް އޭނާ ފަގީރުންނަށް ހޭދަކުރެއެވެ. އަދި އަބަދުވެސް ގަވާއިދުން އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރެއެވެ.


އެމީހުން ބުންޏެވެ. ”⁠އަހަރެމެން މިއައީ ކެޕްޓަން ކޮރުނޭލިޔުސް ފޮނުވީމަ. އޭނާއަކީ ރޯމުގެ ސިފައިންގެ އޮފިސަރެއް. އޭނާއަކީ މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވެ އެކަލާނގެ ކިބަފުޅަށް އަޅުކަން ކުރާ މީހެއް. ބަނީއިސްރާއީލުގެ އެންމެން ވެސް އޭނާއަށް ވަރަށް އިޙުތިރާމު ކުރޭ. މާތްރަސްކަލާނގެ ކޮރުނޭލިއުސްގެ ގާތަށް މަލާއިކަތަކު ފޮނުއްވާ އެންގެވީ ކަލޭ ކާރީ އޭނާގެ ގެއަށް އައުމަށް ބުނުމަށް. އަދި އޭނާއަށް ކަލޭ ބުނަން ބޭނުން ބަސްތަކުގެ އަޑު އެހުމަށް.⁠“


ބަރުނައްބާސް އަކީ ރަނގަޅު މީހެކެވެ. އޭނާ ވަނީ މާތްރޫޙުފުޅުގެ ފުރިހަމަ ބާރުގެދަށުގައެވެ. އަދި އޭނާގެ އީމާންކަން ވެސް ވަރުގަދައެވެ. ބަރުނައްބާސް އެ ރަށަށް ދިއުމަށް ފަހު ވެސް އިތުރު އެތައް ބަޔަކު އީސާގެފާނަށް އީމާންވިއެވެ.


އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ