Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:5 - ކިތާބުލް މުޤައްދަސާ

5 ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”⁠މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:5
24 ပူးပေါင်းရင်းမြစ်များ  

އީސާގެފާނު އެކަލޭގެފާނުގެ ބާރަ އަސްޙާބީންނަށް އެފަދައިން އިރުޝާދު ދެއްވުމަށް ފަހު، އުނގަންނަވައި ދެއްވުމަށާއި ވަޢުޡު އިއްވެވުމަށް ޓަކައި އެކަލޭގެފާނު ގަލީލީ އަވަށުގެ ސަރަހައްދަށް ވަޑައިގެންނެވިއެވެ.


އީސާގެފާނު އުފަންވެ ވަޑައިގަތީ ޖުދެއާ ކަރައިގެ ބައިތުލަޙަމުގައި ހެރޮދު ރަސްގެފާނުގެ ޒަމާނުގައެވެ. އީސާގެފާނު އުފަންވެ ވަޑައިގެންނެވުމަށް ފަހު، އިރުމަތީ ސަރަހައްދުން ނަކަތްތެރިންގެ ބަޔަކު ޖެރޫސަލަމަށް ވަޑައިގެންނެވިއެވެ.


އަދި އެއްވެފައި ތިބި މީސްތަކުންގެ ރުޅިވެރިކަން މަރާމާރީއަށް ބަދަލުވަމުންދާތަން ޕިލާތުސްއަށް ފެނުނު ހިނދު މިކަމުގައި އޭނާއަށް އިތުރަށް ކުރެވޭނޭ އެއްވެސް ކަމެއް ނެތްކަން އެނގުނެވެ. ވީމާ އޭނާ ފެން އަޅާފައިވާ ބޮޑު ބޯތައްޓެއް ގެނެސް މީސްތަކުންގެ ކުރިމަތީގައި ބަހައްޓާފައި އޭނާގެ ދެ އަތް ދޮވެ، މިފަދައިން ބުންޏެވެ. ”⁠މި އިންސާނާގެ މަރާއިމެދު އަހަރެން ޒިންމާއެއް ނުވާނަން. މިކަމުގެ ޒިންމާ އުފުލަން ޖެހޭނީ ކަލޭމެން.⁠“


އީސާގެފާނު މުޅި ގަލީލީގެ ސަރަހައްދުގައިވާ ދީނީ މަރުކަޒުތަކުގައި މާތްރަސްކަލާނގެ ރަސްކަންފުޅާ ބެހޭ ހެޔޮޚަބަރުފުޅު އުނގަންނަވައި ދެއްވަމުންނާއި ވަޢުޡު އިއްވަމުން ވަޑައިގެންނެވިއެވެ. އަދި ހުރިހާ ބާވަތެއްގެ ބަލިމަޑުކަމެއް ފިއްލަވައި ފަސޭހަކޮށް ދެއްވިއެވެ.


ޔަޙުޔާގެފާނު ޖަލުގައި ހައްޔަރު ކުރެއްވުމަށް ފަހު އީސާގެފާނު މާތްރަސްކަލާނގެ ހެޔޮޚަބަރުފުޅު ގަލީލީގައި އަންގަވައި ދެއްވަމުން ގެންދެވިއެވެ.


އެދުވަހަށް ފަހު ފަރީސީންނާއި ދީނުގެ ދަންނަބޭކަލުން ނަފުރަތާއި ރުޅިވެރިކަމާއި އެކު އީސާގެފާނާއި ދެކޮޅު ހަދަން ފެށިއެވެ. އަދި އެމީހުން ރާވައިގެން އެކަލޭގެފާނާއި އެކިކަހަލަ ސުވާލުތައް ކުރަން ފެށިއެވެ.


ނަމަވެސް މީސްތަކުން ހުއްޓުމެއް ނެތި ހަޅޭއްލަވަމުން ގެންދިޔައީ އީސާގެފާނަށް މަރުގެ ޙުކުމް ކުރުމަށެވެ. އެބައިމީހުންގެ އަޑުތައް އިރަކަށް ވުރެ އިރެއް ބާރުވަމުން ދިޔައެވެ.


މިހެން ބުނެވުނު އަޑު އިވި ޕިލާތުސް ސުވާލު ކުރިއެވެ. ”⁠މީނާއަކީ ގަލީލީގެ މީހެއް ތަ؟⁠“


އަނެއްދުވަހު އީސާގެފާނު ގަލީލީ ސަރަހައްދަށް ވަޑައިގަތުމަށް ގަސްތުކުރައްވައި ވަޑައިގެންނެވިއެވެ. އެތާނގައި އީސާގެފާނު ފިލިޕުއާއި ބައްދަލު ކުރެއްވިއެވެ. އެވަގުތު އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެންނާއި އެކު އާދޭ.⁠“


އެމީހުން އެއް އަޑުން ހަޅޭއްލަވަން ފެށިއެވެ. ”⁠އޭނާ މަރާލާ، އޭނާ މަރާލާ! އޭނާ ސަލީބަށް އަރުވާ!⁠“ ޕިލާތުސް ބުންޏެވެ. ”⁠ކީކޭ؟ ކަލޭމެންގެ ރަސްގެފާނު ސަލީބަށް އަރުވާ މަރާލާށޭ؟⁠“ ބޮޑު އިމާމުން ހަރުއަޑުން ގޮވާލިއެވެ. ”⁠ކައިސަރު ފިޔަވާ އެހެން އެއްވެސް ރަސްކަލެއް އަހަރެމެންގެ ނުވޭ!⁠“


މިކަން ހިނގީ ގަލީލީގެ ޤާނާގައެވެ. އީސާގެފާނު ދެއްކެވި އެންމެފުރަތަމަ މާނަފުން މުޢުޖިޒާތަކީ މިއީއެވެ. އެތާނގައި އީސާގެފާނު އެކަލޭގެފާނުގެ ޖަލާލަތުކަން ދެއްކެވިއެވެ. އެއާއެކު އެކަލޭގެފާނުގެ އަސްޙާބީން އެކަލޭގެފާނަށް އީމާންވިއެވެ.


އަދި އަނެއްބަޔަކު ބުންޏެވެ. ”⁠އެކަލޭގެފާނީ މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވާނެ ފަރާތް ކަމުގައިވާ އަލްމަސީޙު.⁠“ އެހެންނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠އަލްމަސީޙު ވަޑައިގަންނަވާނީ ގަލީލީއަކުންނެއް ނޫން.


އެމީހުން ބުންޏެވެ. ”⁠ކަލެއަކީ ވެސް ގަލީލީގެ މީހެއް ނޫންތަ؟ ކަލޭ ފަތްފުށްތައް ހާވައި ނިކަން ބަލާބަލަ. ދުވަހަކު ވެސް އެއްވެސް ނަބީ ބޭކަލަކު ގަލީލީއަކުން އައިސްފައެއް ނުވާނެ.⁠“


ގަލީލީއިން ފެށިގެން ގޮސް މުޅި ޖުދެއާކަރަ ތެރޭގައި ކަންތައް ހިނގި ގޮތުގެ ވާހަކަ ކަލޭމެން ވެސް ވާނީ އަހާފަކަން ޔަޤީނޭ. މި ކަންތައްތައް ފެށުނީ ޔަޙުޔާގެފާނު މީސްތަކުންނަށް ތައުބާގެ ހިނެވުމުން ހިނައިގަތުމަށް ގޮވައިލެއްވި ގޮވައިލެއްވުމުން ފެށިގެންނޭ.


އެމީހުންގެ މެދުގައި ކުރެވުނު ބަހުސް ޒުވާބަކަށް ބަދަލުވެ އެ ޒުވާބު ވަރަށް މައްޗަށް ހިނގައްޖެއެވެ. ދެން އެމީހުން ޕައުލް ތަޅާ މަރާލަފާނެ ހެން ހީވެ ސިފައިންގެ ކޮމާންޑަރު ޖެހިލުންވިއެވެ. އެ ހިނދު އޭނާ އޭނާގެ ސިފައިންނަށް އެންގީ އެމީހުންގަނޑުގެ ތެރެއަށް ވަދެ ޕައުލް އެމީހުންގެ ކިބައިން ސަލާމަތްކޮށްގެން ގެނައިސް ސިފައިންގެ ކޮށީގެ ތެރެއަށް ވެއްދުމަށެވެ.


އީސާގެފާނުގެ މަންދޫބުންގެ މި ބަސްތައް އަޑު އިވުމުން ބަނީއިސްރާއީލުންގެ ބޮޑުން ރުޅިއައިސް ރަތްވެ އެ މަންދޫބުން މަރާލަން އުޅުނެވެ.


އިސްތިފާނުގެ މި ވާހަކަތައް އިވުމުން ބަނީއިސްރާއީލުގެ ވެރިން އޭނާ ދެކެ ރުޅިއައިސް ރަތްވިއެވެ.


ހަމައެވަގުތު ބަނީއިސްރާއީލުގެ ދީނީކޯޓުގައި ވީ އެންމެން އިސްތިފާނުގެ އެ ވާހަކަތަކުގެ އަޑުނާހަން ވެގެން ކަންފަތުގައި އަތް އަޅާ ހަޅޭއްލަވަން ފެށިއެވެ. އަދި އެންމެން އެއްފަހަރާ އޭނާއާ ދިމާޔަށް ދުއްވައިގަތެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ