48 މިތަނަށް އެއްވެ ތިބި މީސްތަކުންނަށް ކަންތައްތައް ހިނގާދިޔަ ގޮތް ފެނި އެކަމާ ލަދު ގަނެ ވަރަށް ބޮޑަށް ހިތަށް އަސަރު ކޮށް ރޮމުން ގިސްލަމުން އެނބުރި އެބައިމީހުންގެ ގޭގެއަށް ހިނގައްޖެއެވެ.
މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.‘“
އޭރު ބޭރުގައި އެންމެން އެކުއްޖާގެ މަރުގެ ސަބަބުން އަޑުންއަޑު ނަގާ ރޮއި ހިތާމަކޮށް ހަދަން ތިއްބެވެ. އީސާގެފާނު އެބައިމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ރޮއި ހިތާމަކުރާނެ ކަމެއް ނެތް. މިކުއްޖާ މި ވަނީ މަރުވެފަ ނޫން. އޭނާ އެވަނީ ނިދާފަ.“
އެތަނަށް އެއްވެފައިވާ މީސްތަކުންނަށް މި ބަސްތައް އިވުމުން ވަރަށް ކަންބޮޑުވެ ދެރަވިއެވެ. އެމީހުން ޕަތަރަސްއާއި އެހެން ވެސް އީސާގެފާނުގެ މަންދޫބުން ކުރެން ސުވާލު ކުރިއެވެ. ”އަޚުންނޭ. ދެން އަހަރެމެން ހަދާނީ ކިހިނެއް ތޯ؟“