44 މެންދުރުން ގާތްގަނޑަކަށް ބާރަ ޖަހާ އެހާކަން ހާ އިރު ކުއްލިއަކަށް އިރުގެ އަލިކަން ކެނޑި މުޅި ރަށް އަނދިރި ވެއްޖެއެވެ. މެންދުރު ފަހު ތިނެއް ޖަހަން ދެން މިއަނދިރި ކަން މިފަދައިން ދެމި ހުއްޓެވެ.
މެންދުރު ވަގުތުން ފެށިގެން މުޅި ރަށަށް އަނދިރިކަން ފެތުރި ގޮސް ތިނެއް ޖެހުމާއި ހަމައަށް އެގޮތުގައި ވިއެވެ.
މަހާނަތައް ހުޅުވި ޞާލިހުންގެ ފުރާނައެޅި އެބައިމީހުން ތެދުވިއެވެ.
އަދި ސަލީބުގެ ކުރިމަތީގައި ކޮޅަށް ހުރި ސިފައިންގެ އޮފިސަރަކަށް އީސާގެފާނު އަވަހާރަވެދިޔަ މަންޒަރު ފެނިގެން ދިޔައެވެ. އެ ހިނދު އޭނާއަށް ބުނެވުނެވެ. ”ޙަޤީޤަތުގައި ވެސް މި ފިރިހެނާއަކީ މާތްރަސްކަލާނގެ ދަރިކަލުން!“
މިއީ ފަހަނަޅައި ދިއުމުގެ ޢީދުގެ ޚާއްސަ ކެއުން އޮންނަ ދުވަހުގެ ކުރީ ދުވަހެވެ. އޭރު އެދުވަހު މެންދުރު ވުމާއި ވަނީ ކައިރިވެފައެވެ. ދެން ޕިލާތުސް ބަނީއިސްރާއީލު މީހުންނަށް ބުންޏެވެ. ”ނިކަން ދެކެބަލަ. މިހިރީ ކަލޭމެންގެ ރަސްގެފާނު!“
މާތް ސާހިބާގެ، މަތިވެރި، ވެރި ކަމުގެ ދުވަސް އައުމުގެ ކުރިން، އިރު އަނދިރި ކަމަށް ބަދަލު ވާނޭ. އަދި ހަނދު ލޭ ފަދައިން ރަތް ވެގެންދާނޭ.