Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:42 - ކިތާބުލް މުޤައްދަސާ

42 ދެން އޭނާ އީސާގެފާނަށް ދެންނެވިއެވެ. ”⁠އީސާގެފާނު! ކަލޭގެފާނުގެ ރަސްކަންފުޅުގެ ދުވަހުގައި އަޅުގަނޑުގެ މަތިން ހަނދުމަފުޅު ކުރައްވާތި.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:42
20 ပူးပေါင်းရင်းမြစ်များ  

ކަލޭމެންގެ ތެރެއިން މީހަކު ތިމަންކަލޭގެފާނަށް އީމާންވާ ކަމުގައި މީސްތަކުންގެ ކުރިމަތީގައި ބުނަނީ ނަމަ ތިމަންކަލޭގެފާނު އިންސާނާގެ ދަރިކަލުން ވެސް މާތްރަސްކަލާނގެ މަލާއިކަތުންގެ ކުރިފުޅުމަތީގައި އެމީހަކީ ތިމަންކަލޭގެފާނުގެ މީހަކު ކަމުގައި ބުނާނަން.


މި ޓެކްސް ނަގާ މީހާ ވެސް ދުޢާކުރި. ނަމަވެސް އޭނާ އެއްކައިރިއެއްގައި އިސް އުފުލާލަން ވެސް ނުކެރި ހުރެ ވަރަށް އަސަރާއިއެކު ދުޢާކުރި. ’⁠މާތްރަސްކަލާކޯއޭ. އިނބަރަސްކަލާނގެ މިފާފަވެރިޔާގެ މައްޗަށް ރަޙުމް ކުރައްވާފާނދޭ.⁠‘⁠“


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


އީސާގެފާނު ޖަވާބުގައި އޭނާއަށް ވިދާޅުވިއެވެ. ”⁠އަހަރެން ކަލެއަށް ޔަޤީން ކަމާއިއެކު ބުނަން. ކަލޭ އަހަރެންނާއި އެކު ހަމަ މިއަދު ސުވަރުގޭގައި ވާނެ.⁠“


މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު އެކަލޭގެފާނުގެ މަތިވެރިކަމާއި ކީރިތިކަމާއި އެކު ވަޑައިގެންނެވުމުގެ ކުރިން މިފަދައިން އަނިޔާ ލިބޭނެ ކަމުގެ ވާހަކަ ލިޔެވިގެންނެއް ނުވޭ ތަ؟⁠“


ނަތާނިއެލް ކުއްލިއަކަށް ބުންޏެވެ. ”⁠އެދުރުކަލޭގެފާނު ކަލޭގެފާނު ތިޔައީ މާތްރަސްކަލާނގެ ދަރިކަލުން ބަނީއިސްރާއީލުގެ ރަސްގެފާނު.⁠“


ތޯމާސް ބުންޏެވެ. ”⁠މާތްރަސްކަލާނގެ! މަގޭ މާތްސާހިބާ!⁠“


”⁠މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވޭ. އޭރުން ކަލެއަށް ދިންނެވުން ލިބޭނެ. އަދި ކަލޭގެ އާއިލާގެ އެންމެންނާ ކަލޭގެ ގޭގައިވާ އެންމެން ވެސް މިހެން ކަން ކުރުމުން އެމީހުންނާ ދޭތެރޭ ވެސް ހަމަ އެފަދައިން ކަންތައް ވާނެ.⁠“


އަހަރެން ބަނީއިސްރާއީލު މީހުންނަށާ އަދި ބަނީއިސްރާއީލު މީހުން ނޫން މީހުންނަށް ވެސް އަންގައިދީ އޮޅުންފިލުވާ ދިނީ އެއް ވާހަކައެއް. އެއީ އެމީހުންގެ ދިރިއުޅުން ބަދަލުކޮށް ފާފަ ކުރުން ހުއްޓާލާ މާތްރަސްކަލާނގެ ކިބަފުޅަށް އެނބުރި މާތްސާހިބާ އީސާ އަލްމަސީޙު ގަބޫލުކޮށް އީމާންވުމަށް.


އަލްމަސީޙުގެ މާތްރޫޙުފުޅު އެބޭކަލުންނާއި އެކުގައި ވޮޑިގެންވިއެވެ. އަދި އަލްމަސީޙު ތަޙައްމަލު ކުރައްވާނޭ ވޭންތަކަށް ފަހު އެކަލޭގެފާނަށް މަތިވެރި ޖަލާލަތު ލިބިދެއްވާނޭ ޚަބަރުފުޅު މިކަންތައް ހިނގާ ދިޔުމުގެ ކުރިން އެބޭކަލުންނަށް އެކަލާނގެ ވަނީ އަންގަވާފައެވެ. އެހެންވީމާ، އެބޭކަލުން އަލްމަސީޙަކީ ކޮންބޭކަލެއް ކަމާއިމެދުގައްޔާއި އަދި އެކަލޭގެފާނު ވަޑައިގަންނަވާނެ ވަގުތަކާ މެދު އެތައް ގޮތަކުން ހޯދައިބެލިއެވެ.


އީސާގެފާނަކީ އަލްމަސީޙު ކަން ގަބޫލުކުރާ ކޮންމެ މީހަކީ މާތްކަލާނގެ ދަރިއެކެވެ. މާތްކަލާނގެއަކީ އަހަރެމެންގެ ބައްޕާފުޅެވެ. ބައްޕާފުޅު ދެކެ ލޯބިވާ މީހުން ބައްޕާފުޅުގެ ދަރިން ދެކެ ވެސް ލޯބިވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ