Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:40 - ކިތާބުލް މުޤައްދަސާ

40 ނަމަވެސް އަނެއް ކުށްވެރިޔާ އޭނާއާ ދެކޮޅުވެ ބުންޏެވެ. ”⁠މާތްރަސްކަލާނގެ ކިބަފުޅަށް ކޮންމެ ވެސް ވަރެއްގެ ބިރުވެތިކަމެއް ބަހައްޓާ. އަހަރެމެން ތިން މީހުންނަށް މި ވަނީ މަރުގެ ޙުކުމް ކޮށްފަ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:40
12 ပူးပေါင်းရင်းမြစ်များ  

ފަހެއްޖެހި ވަގުތު މަސައްކަތް ކުރުމަށް އައި މީހުން އެމީހުންގެ އުޖޫރަ ލިބިގަތުމަށް އައި. އަދި އެއިން ކޮންމެ މީހަކަށް އުޖޫރައިގެ ގޮތުގައި އެއް ދީނާރު ދިން.


އީސާގެފާނު ވިދާޅުވިއެވެ. ”⁠އޭ އީމާންތެރިކަން ކުޑަ މީހުންނޭ! ކީއްވެ ތިޔަބައިމީހުން ބިރުން ތިޔަ އުޅެނީ؟⁠“ ދެން އެކަލޭގެފާނު ތެދުވެ ވަޑައިގެން ވަޔަށާއި ރާޅުތަކަށް މަޑުވުމަށް އަމުރު ކުރެއްވިއެވެ. އެ ހިނދު ވައި މަޑުވެ ރާޅުތައް ހިނދުނެވެ.


ބިރުގަންނަންވީ މާތްރަސްކަލާނގެ ކިބަފުޅަށް. އެއީ އެކަލާނގެ ކިބަފުޅަށް ބާރުލިބިވޮޑިގެން ވަނީ ހަމައެކަނި ކަލޭމެންގެ ހަށިގަނޑު ނެތިކޮށްލުމެއް ނޫން. ކަލޭމެން މަރުވުމަށް ފަހު ކަލޭމެން ނަރަކައަށް ލުމުގެ ބާރުފުޅު ވެސް އެކަލާނގެ ކިބަފުޅަށް ލިބިވޮޑިގެން ވޭ. ހަމަކަށަވަރުން ވެސް ބިރުގަންނަންވީ ފަރާތަކީ ހަމައެކަނި އެކަލާނގެ.


އީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރިންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔަ އެވެ. އޭނާ އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލެއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙުއެއްނު؟ އެހެން ވީއިރު ކަލޭގެ އަމިއްލަ ނަފްސު މިތަނުން ސަލާމަތް ކޮށް އަދި އަހަރެމެން ވެސް ސަލާމަތް ކޮށްދޭންވީނު؟⁠“


އަހަރެންނާއި ކަލޭ ކުރި ނުބައި ކަންތައްތަކުގެ ސަބަބުން އަހަރެމެން މި ގޮތަށް މަރުވުން ޙައްޤު ވެގެން ވޭ. ނަމަވެސް މިމީހާއަކީ އެއްވެސް ނުބައި ކަމެއް ކޮށްފައިވާ މީހެއް ނޫން.⁠“


އަނދިރީގައި މީސްތަކުން ކުރަމުންގެންދާ ބޭކާރު އަމަލުތައް ކުރުމަށް ތިޔަބައިމީހުން ބައިވެރި ނުވާށެވެ. އޭގެ ބަދަލުގައި މީސްތަކުންނަށް އެފަދަ އަމަލުތަކަކީ ނުބައިވެގެންވީ އަމަލުތައް ކަމުގައި ހާމަކޮށްދޭށެވެ.


ސާހިބުވަންތަ ރަސްކަލާކޮ! އިނބަ ކަލާނގެ ނަންފުޅަށް ގަދަރާއި ޙަމްދު ނުކުރާނީ ކާކު؟ އިނބަރަސްކަލާނގެ މަތިވެރިކަމާއި ދެކޮޅު ހަދާނީ ކާކު؟ ހަމައެކަނި މާތްކުރެވިގެން ވަނީ އިނބަރަސްކަލާނގެމެ. އެންމެހާ ޤައުމުތަކެއް އައިސް އިނބަރަސްކަލާނގެ ކިބަފުޅަށް އަޅުކަން ކުރާނެ. ސަބަބަކީ އިނބަރަސްކަލާނގެ އަދުލުވެރި ގޮތްތައް އެމީހުންނަށް ފެނުނީތީ ވެސްމެ.⁠“


އަދި އެމީހުންނަށް ލިބުނު ޒަޚަމާއި ވޭނުގެ ސަބަބުން އުޑުގައި ވޮޑިގެންވާ މާތްރަސްކަލާނގެ ކިބަފުޅަށް ކުފުރުގެ ބަސްތައް ރައްދު ކުރިއެވެ. ނަމަވެސް އެމީހުންގެ ނުބައި އަމަލުތައް ދޫކޮށް ތައުބާވުމަށް އިންކާރު ކުރިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ