Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:4 - ކިތާބުލް މުޤައްދަސާ

4 ދެން ޕިލާތުސް ބޮޑު އިމާމުންނަށާއި އަދި އެތާނގައި ތިބި ހުރިހާ މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް ފެންނަ ގޮތުގައި މީނާ ސަރުކާރުގެ ގަވާއިދާއި ޚިލާފް ވާ ކަހަލަ އެއްވެސް ކަމެއް ކޮށްފަ ނުވޭ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:4
13 ပူးပေါင်းရင်းမြစ်များ  

ޕިލާތުސް ނިޔާ އިއްވާ ގޮނޑީގައި އިށީނދެގެން އިން ހިނދު އޭނާގެ އަންހެނުން އޭނާއަށް ނޯޓެއް ފޮނުވިއެވެ. ”⁠އެ ކުށެއް ނެތް މަޢުސޫމް އިންސާނާ އާއި މެދު އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާ. އެ އިންސާނާގެ ސަބަބުން އަހަރެންނަށް ވަނީ ރޭގައި ބިރުވެރި ހުވަފެނެއް ފެނިފައި.⁠“


އެ ހިނދު ޕިލާތުސް ބުންޏެވެ. ”⁠އޭނާ ކުރީ ކޮން ކުށެއް؟⁠“ ހިނދެއް ހިނދަކަށް މީސްތަކުންގެ އަޑުގަދަވެ ގޮވަމުން ދިޔައެވެ. ”⁠އޭނާ ސަލީބަށް އަރުވާ!⁠“


ޕިލާތުސް އެބައިމީހުންނަށް ތިންވަނަ ފަހަރަށް ބުންޏެވެ. ”⁠މީނާ ސަލީބަށް އަރުވާންވީ ކީއްވެގެން؟ މީނާގެ ކުށަކީ ކޮބާ؟ އޭނާއަށް މަރުގެ ޙުކުމް ކުރަންޖެހޭ އެއްވެސް ސަބަބެއް އަހަރެންނަކަށް ނުފެނޭ. އަހަރެން އޭނާގެ ގައިގާ ހަންމުށި އެޅުމަށް ޙުކުމް ކުރުމަށް ފަހު އޭނާ މިނިވަން ކުރާނީ.⁠“


ދެން ޕިލާތުސް އީސާގެފާނަށް ބުންޏެވެ. ”⁠އެހެންވިއްޔާ ތެދަކީ ކޮބާ؟⁠“ ދެން ޕިލާތުސް ބޭރަށް ނުކުމެ އެތާނގެ ބޭރުގައި ތިބި މީސްތަކުންނަށް ބުންޏެވެ. ”⁠އަހަރެންނަށް މިމީހާގެ އެއްވެސް ކުށެއް ނުފެނުނު.


އޭނާ އާއި މެދު ހުށައެޅުނު މައްސަލަތައް ހޯދާ ބެލުމުން އަޅުގަނޑަށް އެނގުނީ އޭނާއަށް މަރުގެ އަދަބު ޙައްޤުވާވަރުގެ އެއްވެސް ކުށެއް އޭނާ ކޮށްފައި ނުވާ ކަމުގަ. ނަމަވެސް އޭނާ އެދެނީ އޭނާގެ މައްސަލަ އެންމެ މަތީ ފަރާތް ކަމުގައިވާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ހުށައެޅުމަށް. އެހެން ކަމުން އަޅުގަނޑު ގަސްތު ކުރީ އޭނާ ރޯމުގެ ރަސްގެފާނުގެ އަރިހަށް ފޮނުވުމަށް.


އަހަރެމެންގެ ކާބަފައިން އިބްރާހީމްގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު އަޅުކަން ކުރާ މަތިވެރިކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އެކަލާނގެ އެންގެވި ފަދައިން ކަންކޮށް ޚިދުމަތް ކުރެއްވި އީސާގެފާނުގެ ނަންފުޅު މަތިވެރި ކުރައްވައިފި. މި އީސާގެފާނަކީ ކަލޭމެން އެކަލޭގެފާނާއި ދެކޮޅުވެ ޕިލާތުސްގެ ކައިރިއަށް ގެންދިޔަ އީސާގެފާނު. ޕިލާތުސްއަށް އެކަލޭގެފާނުގެ ކިބައިން އެއްވެސް ކުށެއް ނުފެނުމުން އެކަލޭގެފާނު ދޫކޮށްލުމަށް ނިންމި. ނަމަވެސް ކަލޭމެން އެދުނީ މި މާތް ރަނގަޅު ޞާލިޙު ކަލޭގެފާނުގެ ބަދަލުގައި އެތައް ބަޔަކު މަރާފައިވާ ނުބައި ކުށްވެރިއަކު ދޫކޮށްލުމަށް.


އީސާގެފާނަކީ އަހަރެމެންގެ ބޭނުން ފުއްދަވައި ދެއްވެވޭނެ އުއްތަމަ އިމާމެވެ. އެކަލޭގެފާނަކީ މުޤައްދަސް ބޭކަލެކެވެ. އެކަލޭގެފާނު ކުށެއް ފާފައެއް ނުކުރައްވައެވެ. އެކަލޭގެފާނަކީ ފާފަވެރިންގެ ކިބައިން އެއްކިބާ ކުރައްވައި އުޑަށް އުފުއްލެވުމުގެ އެންމެ މަތިވެރި ޝަރަފު ދެއްވާފައިވާ ކަލޭގެފާނެވެ.


އެކަލާނގެ ބަދަލު ދެއްވީ ފާފަވެރިކަމެއް ނެތް ސާފު، އެކަލާނގެ ޅަކަންބަޅީގެ ލޭފޮދު ކަމުގައި ވީ އަލްމަސީޙުގެ މަތިވެރި ލޭ ފޮދުންނެވެ.


އެކަލޭގެފާނީ ފާފައިން ހުސްދުރުވެ ވަޑައިގެން ހުންނެވި ފަރާތެކެވެ. އަދި އެއްވެސް ފަރާތަކަށް އިތުރުފުޅެއް ނަހައްދަވައެވެ.


އަލްމަސީޙު އަހަރެމެންގެ ފާފަތަކަށްޓަކައި ވޭން އުފުއްލަވައި އެންމެ ފަހަރަކު އަވަހާރަވެވަޑައިގެންނެވިއެވެ. އެކަލޭގެފާނު ފާފައެއް ނުކުރައްވައެވެ. ނަމަވެސް އެކަލޭގެފާނު އަވަހާރަވެވަޑައިގެންނެވީ ފާފަވެރިންނަށްޓަކައެވެ. އެއީ ރައްކާތެރިކަމާއެކު މާތްރަސްކަލާނގެ ޙަޟްރަތަށް އަހަރެމެން ގެންގޮސް ދިނުމަށެވެ. އެކަލޭގެފާނު ވޭން އުފުއްލެވީ ޖިސްމާނީ ގޮތުންނެވެ. ނަމަވެސް އެކަލޭގެފާނު އަލުން އަނބުރާ ދިރިދުނިޔެއަށް ވަޑައިގެންނެވުމަށް ފަހު ރޫޙާނީ ޙަޔާތެއްގައި ވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ