36 ސިފައިންގެ މީހުން ވެސް އީސާގެފާނުގެ އަރިހަށް ގޮސް އެކަލޭގެފާނަށް މަލާމާތް ކުރިއެވެ. އަދި އެކަލޭގެފާނު ހިތްޕަވާތޯ ބަލަން ހުތް މޭބިސްކަދުރު ދިޔަ ދީފައި
އަދި ވަރަށް ހިތި އެއްޗަކާއި މޭބިސްކަދުރު ދިޔަ އާއި އެއްކޮށްފައި އެކަލޭގެފާނަށް ބޯން ދެއްވަން އުޅުނެވެ. ނަމަވެސް އެކަލޭގެފާނު އޭގެ ރަހަ ބެއްލެވުމަށް ފަހު އެ ބުއިމަށް އިންކާރު ކުރެއްވިއެވެ.
އެ ހިނދު އެތަނުން މީހަކު ދުވެފައި ގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖުގަނޑެއް ތެތްމައިގެން ދަނޑިއެއްގެ ކުރީގައި ލައިގެން އައިސް އެކަލޭގެފާނަށް ބޯން ދޭން އުޅުނެވެ.
އެތަނުން އެކަކު ދުވެފައިގޮސް ހުތް މޭބިސްކަދުރު ދިޔައިން އިސްޕަންޖު ގަނޑެއް ތެންމައިގެން އައިސް ދަނޑިއެއްގެ ކޮޅުގައި ހަރުކުރުމަށް ފަހު އީސާގެފާނުގެ ތުންފަތްޕުޅުގައި ޖައްސަވާ ބުންޏެވެ. ”މަޑުކުރޭ! އިލްޔާސްގެފާނު ވަޑައިގަންނަވާ އޭނާ ސަލީބުން ތިރިކުރާތަން ބަލަން އަހަރެމެން ތިބެންވާނެ!“
ދެން ހެރޮދު އާއި އޭނާގެ ސިފައިން އީސާގެފާނަށް ނުބައި އެއްޗެތި ގޮވާ މަލާމާތް ކުރަން ފެށިއެވެ. މިބައިމީހުން އެކަލޭގެފާނަށް ޖެއްސުން ކުރުމުގެ ގޮތުން ރަސްކަލަކު ފަދައިން އެކަލޭގެފާނު ހެދުން އެޅުއްވުމަށް ފަހު އަނބުރާ ޕިލާތުސްގެ ގާތަށް ފޮނުވިއެވެ.