Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:35 - ކިތާބުލް މުޤައްދަސާ

35 މީސްތަކުން މި މަންޒަރުތައް ބެލުމަށް އެއްވެ ތިބި ވަގުތު ބަނީއިސްރާއީލުގެ ބޮޑުން އީސާގެފާނަށް މަލާމާތް ކުރަމުން ގެންދިޔައެވެ. ”⁠މީނާ އެހެން މީހުން ސަލާމަތް ކޮށްދިން. އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގައި ވާނަމަ، އޭނާ އޭނާގެ އަމިއްލަ ނަފްސު ސަލާމަތް ކޮށްފާނެއެއްނު.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:35
24 ပူးပေါင်းရင်းမြစ်များ  

”⁠ތިމަންކަލާނގެ ޚިޔާރުކުރެއްވި ޚާދިމު މިހިރީ އެވެ. އެކަލޭގެފާނުދެކެ ތިމަންކަލާނގެ ލޯބިވެ ވޮޑިގަންނަވާ އަދި ރުހިވޮޑިގަންނަވަމެވެ. ތިމަންކަލާނގެ ރޫޙުފުޅު އެކަލޭގެފާނުގެ މައްޗަށް ތިމަންކަލާނގެ ފޮނުއްވާނަމެވެ. އަދި ތިމަންކަލާނގެ އިންސާފުވެރިކަން ޤައުމުތަކަށް އެކަލޭގެފާނު އަންގަވާދެއްވާނެ.


އެ ހިނދު އުޑުން ވަޙީގެ ބަސްފުޅު އިވިގެންދިޔައެވެ. ”⁠ތިޔައީ ތިމަންކަލާނގެ ލޯބިވެ ވޮޑިގެންވާ ތިމަންކަލާނގެ ދަރިކަލުން. ތިޔަ ދަރިކަލުންނީ ތިމަންކަލާނގެ ނުހަނު ހިތްޕުޅާހަމަވާ ދަރިކަލުން!⁠“


ފަރީސީނުގެ އެންމެން ވެސް ފައިސާއަށް ވަރަށް ލޯބި ކުރެއެވެ. އެހެން ކަމުން އެމީހުންނަށް އީސާގެފާނުގެ މި ބަސްފުޅުތަކުގެ އަޑުއިވުމުން އެކަލޭގެފާނަށް މަލާމާތް ކުރިއެވެ.


ޕިލާތުސް އެތާ އެއްވެ ތިބި ބޮޑު އިމާމުންނަށާއި ބަނީއިސްރާއީލުގެ ވެރިންނަށާއި އާންމުންނަށް ގޮވާ އެމީހުންނަށް ބުންޏެވެ. ”⁠މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރުމުގެ ތުހުމަތުގައި ކަލޭމެން އަހަރެންގެ ގާތަށް ގެނައި މިމީހާއާއި މެދު އަހަރެން ވަރަށް ރަނގަޅަށް ހޯދާ ބަލައިފިން. ނަމަވެސް އަހަރެންނަށް ފެންނަ ގޮތުގައި ކަލޭމެން ތިޔަ ކުރާ ހުރިހާ ތުހުމަތުތަކުން އެންމެ ތުހުމަތެއް ވެސް ތެދު އެއްޗަކަށް ނުވޭ.


އީސާގެފާނާއި އެކު ސަލީބަށް އެރުވުނު ދެކުށްވެރިންގެ ތެރެއިން އެކަކު އެކަލޭގެފާނަށް އެއްޗެތި ގޮވަމުން ގެންދިޔަ އެވެ. އޭނާ އެކަލޭގެފާނަށް ބުންޏެވެ. ”⁠ކަލެއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙުއެއްނު؟ އެހެން ވީއިރު ކަލޭގެ އަމިއްލަ ނަފްސު މިތަނުން ސަލާމަތް ކޮށް އަދި އަހަރެމެން ވެސް ސަލާމަތް ކޮށްދޭންވީނު؟⁠“


މާތްސާހިބާ އީސާ އަލްމަސީޙުގެ އަރިހަށް އަންނާށެވެ. އެކަލޭގެފާނު ވަނީ މާތްރަސްކަލާނގެ ގެކޮޅުގައި ވީ ދިރިހުރި ބިންގަލެއް ފަދައިންނެވެ. މީސްތަކުން އެކަލޭގެފާނާއިމެދު އިންކާރު ކުރެއްވިއެވެ. ނަމަވެސް މާތްރަސްކަލާނގެ އެކަލޭގެފާނު ޚިޔާރު ކުރައްވައި މަތިވެރި ކުރެއްވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ