ކަލޭގެފާނުގެ އަރިހުން މިފަދައިން އެދިވަޑައިގަތުމަށް އެކަލޭގެފާނު ވިދާޅުވި. ’ތިބާގެ ބޭބެމެން ތިބާ އާއި މެދުގައި ކުރި ނުބައި ކަންތައްތަކާއި މެދުގައި އެބައިމީހުންނަށް މަޢާފްކޮށްދެއްވާށޭ.‘ އެހެންވީމާ، އަހަރެމެންނަށް ކުރެވުނު ނުބައި ޢަމަލަށް އަހަރެމެންނަށް މިހާރު މަޢާފް ކޮށްދިނުމަށް އެދި އާދޭސް ދަންނަވަމު. އަހަރެމެންނަކީ ކަލޭގެފާނުގެ ބަފައިކަލުންގެ ރަސްކަލާނގެ މާތްކަލާނގެ އަޅުންމެ.“ ޔޫސުފުގެފާނަށް މި ޚަބަރުފުޅު ލިބިވަޑައިގެންނެވުމާއެކު އެކަލޭގެފާނު ކީރިތި ކުރެއްވިއެވެ.