Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:33 - ކިތާބުލް މުޤައްދަސާ

33 އެބައިމީހުން އީސާގެފާނާއި މި ދެކުށްވެރިންގެ މީހުން ”⁠ބޮލުގެ ނާށިގަނޑުގެ މަޤާމޭ⁠“ ނަމަކަށް ކިޔުނު ހުސް ބިމަށް ގެންދިޔައެވެ. އަދި އެތާނގައި މިބައިމީހުން އީސާގެފާނު ސަލީބަށް އެރުވިއެވެ. އަދި މި ދެކުށްވެރިން ވެސް އެކަކު އީސާގެފާނުގެ ކަނާއަތްޕުޅު ފަރާތުގައި އަދި އަނެކަކު އެކަލޭގެފާނުގެ ވައަތްޕުޅު ފަރާތުގައި ވާ ގޮތަށް ސަލީބަށް އެރުވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:33
19 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ބަނީއިސްރާއީލުން ނޫން ދަރިކޮޅުގެ މީސްތަކުންނާއި އޭނާ ޙަވާލު ކުރެވާނެ. އަދި އެބައިމީހުން އޭނާއަށް މަލާމާތާއި ފުރައްސާރަކޮށް ހަދާނެ. އަދި އެބައިމީހުން އޭނާގެ ގައިގައި ހަންމުށިން ތެޅުމަށް ފަހު ސަލީބަށް އަރުވާނެ. އެކަމަކު އޭނާ އަވަހާރަ ވުމަށް ފަހު ތިންވަނައަށް ވާ ދުވަހު އަލުން ދިރިގެން ތެދުވާނެ.⁠“


”⁠މާދަމާ ނޫން އަނެއް ދުވަހަކީ ފަހަނަޅައި ދިއުމުގެ ޢީދު ދުވަސްކަން ތިޔަބައިމީހުން ދަންނާނެ. އެދުވަހަކީ އިންސާނާގެ ދަރިކަލުން ސަލީބަށް އެރުވުމަށް ޓަކައި އެކަލޭގެފާނުގެ އަދުއްވުންގެ އަތްމައްޗަށް ދޫކޮށްލެވޭނޭ ދުވަސް.⁠“


އެކަލޭގެފާނު ވިދާޅުވި: ’⁠އިންސާނާގެ ދަރިކަލުން ފާފަވެރިންގެ އަތް މައްޗަށް ދޫ ކޮށްލެވޭނޭ. އެބައިމީހުން އެކަލޭގެފާނު ސަލީބަށް އަރުވާނޭ. އަދި ތިންވަނައަށް ވާ ދުވަހު އެކަލޭގެފާނު އަލުން ދިރުއްވޭނެ.⁠‘⁠“


މިފަދައިން ކަންތައްތައް ވުމުގެ ސަބަބުން އީސާގެފާނު އެކަލޭގެފާނު އަވަހާރަވެދާނެ ކަމަށް ވިދާޅުވި ގޮތަށް އެކަންތައްވެ ފުރިހަމަވެގެން ދިޔައެވެ.


މޫސާގެފާނު ހަނަފަސް ސަހަރާގެ ތެރޭގައި ކަފުލޮއިން ވާ ހަރުފައެއް މުޑިއަކަށް ނެންގެވި ފަދައިން އިންސާނާގެ ދަރިކަލުން ވެސް މުޑިއަކަށް އުފުލާލެވޭނެ.


އީސާގެފާނާއި މެދު ކަންތައްތައް ވާނެކަމަށް މާތްރަސްކަލާނގެ އެތައް ޒަމާނެއް ކުރިން އެންގެވި ބަސްފުޅުތަކުގައި އެ ލިޔެވިގެންވީ ފަދައިން ހުރިހާ ކަމެއްވެދިޔަ. އަދި އެމީހުން އެކަލޭގެފާނު ގެ މަރުވެފައިވީ ހަށިގަނޑު ސަލީބުން ތިރިކޮށް ގަބުރުސްތާނުގައިވާ ހޮހަޅައަށް ގެންދިޔަ.


އެކަލޭގެފާނު އަވަހާރަ ކޮށްލެއްވުމަށްޓަކައި ތިޔަބައިމީހުންނާއި ހަވާލު ކުރެވޭނެ ކަމަކީ އެކަލާނގެ މާކުރިން ރާއްވަވާ ނިންމަވައިފައިވީ ކަމެއް. ތިޔަބައިމީހުން ނުބައި ނުލަފާ ކާފަރުންގެ ބަޔަކު ލައްވާ އެކަލޭގެފާނު ނުބައި ކުށްވެރިޔެއްގެ ގޮތުގައި ސަލީބަކަށް ނަގާ އަވަހާރަ ކޮށްލުވި.


ތިޔަބޭފުޅުންގެ ބަހަށް އީސާގެފާނު ސަލީބަކަށް މޮހޮރު ޖަހާ ހަރުކޮށް މަރާލި. ނަމަވެސް މާތްރަސްކަލާނގެ، އަޅުގަނޑުމެންގެ ކާބަފައިން ވެސް ހަމަ އެކަލާނގެއަކަށް އަޅުކަން ކުރި ކަލާނގެ ކަމުގައިވާ މާތްރަސްކަލާނގެ އީސާގެފާނު މަރުވުމަށް ފަހު އަލުން ދިރުއްވި.


އަމުރުފުޅުތަކާއި ގަވާއިދުގެ ސަބަބުން އަހަރެމެންގެ ބޮލުގައި އެޅިފައިވާ މުސީބާތާއި ކޯފާއިން އީސާ އަލްމަސީޙު އަހަރެމެން ދިންނަވައިފިއެވެ. އެކަލޭގެފާނު ސަލީބަށް ނެގިފައިވީ ހިނދު، އަހަރެމެން ކުރާނެ ނުބައި ކަންތަކުން އަހަރެމެންނަށް ލިބެންވީ މުސީބާތާއި، ކޯފާ، އެކަލޭގެފާނު އިސްތަށިފުޅުގައި އެޅުއްވިއެވެ. އެއީ ހަމަ ވަޙީކުރެއްވިގެންވީ ބަސްފުޅުގައި ލިޔެވިގެންވީ ފަދައިންނެވެ. ”⁠މުޑިއަކަށް މޮހޮރުޖަހާ ނެގިފައިވާ ކޮންމެ މީހަކީ ލަޢުނަތް ލެއްވިފައިވާ މީހެކެވެ.⁠“


އަހަރެމެންގެ ފާފަ ތައް ފޮހެދެއްވުމަށްޓަކައި އެކަލޭގެފާނުގެ އަމިއްލަ ޒާތުފުޅަށް ވޭނާ ކުރިމަތިލައްވައި ސަލީބަށް އެރުވިދިޔައެވެ. އެހެންވީމާ އަހަރެމެން ފާފަ ކުރުން ހުއްޓާލައި ޞާލިޙު ގޮތުގައި ޙަޔާތް ވޭތުކުރަމާހިނގާށެވެ. ތިޔަބައިމީހުންނަށް މި ފަސޭހަކަން ލިބިދިނީ އެކަލޭގެފާނުގެ ޒަޚަމްތަކުންނެވެ!


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ