Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ލޫކާސް 23:32 - ކިތާބުލް މުޤައްދަސާ

32 މަރުގެ އަދަބު ދިނުމަށްޓަކައި އީސާގެފާނުގެ އިތުރުން ކުށްވެރިންގެ ދެމީހަކު ވެސް ގެނެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ލޫކާސް 23:32
8 ပူးပေါင်းရင်းမြစ်များ  

ދެ ކުށްވެރިން ވެސް އީސާގެފާނާއި އެކުގައި ސަލީބަށް އެރުވުނެވެ. އެ ދެމީހުން ވަނީ އެކަލޭގެފާނުގެ ދެފަރާތުގައެވެ.


އަދި އެމީހަން އެކަލޭގެފާނާއި އެކުގައި ދެ ވަގުން ވެސް ސަލީބަށް އެރުވިއެވެ. އެ ދެމީހުން ސަލީބަށް އެރުވުނީ އެކަލޭގެފާނުގެ ދެ ފަރާތްޕުޅުގައެވެ.


އިހުޒަމާނުގެ ނަބީބޭކަލުން މެދުވެރިކޮށް މާތްރަސްކަލާނގެ ވަޙީކުރެއްވި ބަސްފުޅުގައި ލިޔެވިގެން މިފަދައިން ވޭ: ’⁠އެމީހުން އޭނާ ހިމަނާނީ ފާފަވެރިންގެ ތެރޭގައޭ.⁠‘ އަހަރެން ބުނަން ތަ؟ ލިޔެވިގެން ވީފަދައިން އަހަރެންނާއި މެދު މިކަންތައްތައް ވެ ނިމެން ޖެހޭނެ. ހަމަކަށަވަރުން. އަހަރެންނާއިމެދު ލިޔެވިގެންވީ ފަދައިން މިހާރު ހުރިހާ ކަމެއް ވެސް ވެ މިނިމެނީ.⁠“


ކުށެއްނެތް މީހަކާ ދޭތެރޭ މިފަދައިން ކަންކުރެވޭ އިރު ކުށްވެރި ވެފައިވާ މީހުންނާއި ދޭތެރޭ ކަންތައް ކުރެވޭނީ ކިހިނަކުން ތަ؟⁠“


އެތާނގައި އެމީހުން އެކަލޭގެފާނު ސަލީބަށް އެރުވިއެވެ. އީސާގެފާނުގެ އިތުރުން ވެސް ދެމީހަކު ސަލީބަށް އަރުވައިފައި ތިއްބެވެ. އެކަކު ވަނީ އެކަލޭގެފާނުގެ ކަނާއަތް ފަރާތުގައެވެ. އަނެކަކުވަނީ އެކަލޭގެފާނުގެ ވާތްފަރާތުގައެވެ.


އަހަރެން އަންގައިދޭ މި ހެޔޮޚަބަރުފުޅުގެ ސަބަބުން އަހަރެން މިހާރު މިވަނީ ޖިނާއީ ކުށްވެރިއެއް ފަދައިން ހިލިހިލާޖެހި ވޭން ލިބިދޭ ގޮތެއްގައި ހައްޔަރު ވެފައެވެ. ނަމަވެސް މާތްރަސްކަލާނގެ ބަސްފުޅަކު ހިލިލާޖެހި ހައްޔަރެއް ނުކުރެވޭނެއެވެ.


އަހަރެމެންގެ އީމާންތެރިކަމުގެ ފެށުމާއި ނިމުން ކަމަށްވާ އީސާގެފާނަށް އަހަރެމެންގެ ނަޒަރު ހުއްޓަމާ ހިނގާށެވެ. ސަލީބަށް އަރުވާފާނެތީ އެކަލޭގެފާނު ފަހަތަށް ޖެހިވަޑައެއް ނުގެންނެވިއެވެ. އެއާޚިލާފަށް އެކަލޭގެފާނު އެ ވޭން ތަހަންމަލު ކުރެއްވީ ކުރިއަށް އޮތް މަތިވެރި އުފާވެރިކަމަށްޓަކައެވެ. އެކަމުން ލިބިވަޑައިގަންނަވާނެ ލަދުވެތިކަމަކަށް ބެއްލެވުމެއް ނެތިއެވެ. މިހާރު އެކަލޭގެފާނު އެ އިންނެވީ މާތްރަސްކަލާނގެ އަރިހުގައި އަރުޝީގެ ކަނާތްޕުޅު ފަރާތުގައެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ