ލޫކާސް 23:28 - ކިތާބުލް މުޤައްދަސާ28 އީސާގެފާނު މިއަންހެނުންނާއި ދިމާލަށް އެނބުރި ވަޑައިގެން ވިދާޅުވިއެވެ. ”ޖެރޫސަލަމުގެ އަންހެން ދަރިންނޭ. އަހަރެންނަށްޓަކައި ރޮއި ހިތާމަ ނުކުރޭ. އޭގެ ބަދަލުގައި ކަލޭމެންގެ އަމިއްލަ ނަފުސާއި އަދި ކަލޭމެންގެ ދަރިންގެ މައްޗަށް ހިތާމަ ކުރޭ. အခန်းကိုကြည့်ပါ။ |
ދެކިބަލާށެވެ! އެކަލޭގެފާނު އެވަޑައިގަންނަވާނީ ވިލާގަނޑުތަކުގެ ތެރެއިންނެވެ. ހުރިހާ އެންމެންނަށް އެކަލޭގެފާނު ފެނިގެންވާނެއެވެ. އެކަލޭގެފާނުގެ ހަށިކޮޅު ތޮރުފައި އަނިޔާވެރިވީ މީސްތަކުން ވެސް އެކަލޭގެފާނު ދެކޭނެވެ. ދުނިޔޭގައި ވާ އެންމެހާ މީސްތަކުން އެކަލޭގެފާނުގެ މައްޗަށް ފުން ހިތާމަ ކުރާނެއެވެ. އާނއެކެވެ. މިފަދައިން މިކަންތައްތައް ހިނގާނެއެވެ! އާމީން.