ލޫކާސް 23:26 - ކިތާބުލް މުޤައްދަސާ26 ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”ކޮންމެ މީހަކު ވެސް އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ އެމީހާގެ އަމިއްލަ އެދުންތައް ދޫކޮށްލަން ޖެހޭނެ. އަހަރެން ދެއްކި މަގުން ހިނގަން ބޭނުން ނަމަ ކޮންމެ މީހަކުމެ އެމީހެއްގެ އަމިއްލަ ފުރާނަ ވެސް ދިނުމަށް ތައްޔާރުގައި ވާންޖެހޭނެ. އަދި އަހަރެން ފަދައިން ސަލީބެއްގައި އޮވެ މަރުވާން ޖެހުނު ކަމުގައި ވިޔަސް ކޮންމެ ދުވަހަކުމެ އެކަމަށް ތައްޔާރުގައި ވާންޖެހޭނެ.
އަންތީޔޮކުގެ އީސާގެފާނަށް އީމާންވެގެން ތިބި ޖަމާޢަތުގެ މީހުންގެ ތެރޭގައި ނަބީއިންނާއި އެދުރުބޭކަލުން ހިމެނުނެވެ. މި ބޭކަލުންނަކީ ބަރުނައްބާސް އާއި، ސިމިޔާނު އާއި (މީނާގެ ނަމަކަށް ކަޅު މީހާއޭ ވެސް ކިޔުނެވެ.) އަދި ގަލީލީގެ ވެރިއަކަށް ހުންނެވި ހެރޮދުގެ ގޭގައި ބޮޑުވި މަނައޭނު އާއި ޒައިރީނުގެ ރައްވެއްސެއް ކަމުގައިވާ ލޫސިޔުސް އާއި، އަދި ޝާއުލް އެވެ.
ނަމަވެސް ބަނީއިސްރާއީލުގެ ބަޔަކު އޭނާއާއި ދެކޮޅު ވިއެވެ. މިމީހުންނަކީ ”މިނިވަން ފިރިހެނުން“ ގެ ނަމުން ނަންދެވިފައިވާ ދީނުގެ މަރުކަޒުގެ ބަޔެކެވެ. މިމީހުންނަކީ ޒައިރީން އާއި، އިސްކަންދަރިއްޔާ އާއި، ސިލީސިޔާ އާއި އޭޝިޔާ ސަރަހައްދުގެ ބަޔެކެވެ. މި އެންމެން އައިސް އިސްތިފާނު އާއި ޖަދަލުކޮށް ބަހުސް ކުރަން ފެށިއެވެ.