ލޫކާސް 23:25 - ކިތާބުލް މުޤައްދަސާ25 އީސާގެފާނުގެ ބަދަލުގައި އެބައިމީހުން އެދުނު މީހާ މިނިވަންކޮށް ދިނެވެ. މިމީހާއަކީ ސަރުކާރާއި ދެކޮޅަށް ބަޣާވަތް ކޮށް އަދި މީހަކު މަރާލުމުގެ ކުށުގައި ޖަލަށް ލެވިފައިވާ މީހެކެވެ. އަދި އީސާގެފާނުގެ މައްޗަށް އެމީހުން އެދުނު ފަދައިން ކަންކުރުމަށް ޕިލާތުސް އެއްބަސްވިއެވެ. အခန်းကိုကြည့်ပါ။ |
ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“
ރޯމުގެ ސިފައިން އީސާގެފާނަށް މަރުގެ އަދަބު ދިނުމަށްޓަކައި ރަށް ބޭރަށް ގެންދިޔައެވެ. އެބައިމީހުން ދިޔަ މަގުމަތީ ޝަމްއޫނު އޭ ކިއުނު ޒައިރީން ރަށުގެ މީހަކާއި ދިމާވިއެވެ. މީނާ އެމަގުން ދަތުރު ކޮށް ދިޔައީ ޖެރޫސަލަމަށް ދިއުމަށްޓަކައެވެ. ބައެއް ސިފައިންގެ މީހުން އޭނާ ގަދަ ކަމުން ގެނެސް އީސާގެފާނުގެ ފަހަތްޕުޅުން ސަލީބު ހިފައިގެން ދިއުމަށް މަޖުބޫރު ކުރިއެވެ.
ނަމަވެސް މިބައިމީހުން ތަކުރާރު ކޮށް ބުނަމުން ގެންދިޔައެވެ. ”މީނާ މުޅި ޖުދެއާ ކަރައިގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވަން މަސައްކަތް ކުރި. އޭނާ މިކަން ކުރަނީ މީސްތަކުންނަށް އޭނާ ކިޔަވައިދެމުން ގެންދާ ކިޔަވައިދިނުމުން. އޭނާ މިކަންތައް ފެށީ ގަލީލީގައި ނަމަވެސް މިހާރު މީނާ ޖެރޫސަލަމާ ހަމައަށް އަތުވެއްޖެ.“